މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :10

މުސާރަ:

-/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/4500ރ - -/5500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔެ ކިޔަން އިގުން.

-އުސްތަންތަނަށް އަރާ އެތަންތަނުގައި މަސައްކަތް ކުރެވޭނެފަދަ ޤާބިލު މީހެއްކަމުގައިވުން.

- ބުރަ މަސައްކަތް ކުރެވޭފަދަ ސިއްޚަތު ރަނގަޅު މީހެއް ކަމުގައިވުން.

- އުމުރުން 35 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ސިވިލް ވޯކްފޯސްގެ މުވައްޒަފުންގެ މަސައްކަތްތަކަށް އެހީތެރިވެ އަތްގާތް ކޮށްދިނުން

- ޢިމާރާތްތަކުގެ އިންފްރާންސްޓްރަކްޗަރ މަރާމާތުކުރުމަށް ބޭނުންވާ ސިމެންތި ގެށުމާއި ވެލިފުރޭނުމުގެ މަސައްކަތްކުރުން.

- މަރާމާތުތަކަށް ބޭނުންކުރެވޭ އިކްއިޕްމެންޓްތައް ސާފުކޮށް ބެލެހެއްޓުން.

- ހެޑް އޮފީހާއި އެނޫންވެސް ކުންފުނީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް ކުރުން

މަޤާމް :ވެލްޑަރ
ބޭނުންވާ އަދަދު :2

މުސާރަ:

-/5500 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4400 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/5500ރ - -/6500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- މިދާއިރާއިން މޯލްޑިވްސް އެކްރިޑިޓޭޝަން ބޯޑްއިން އެކްރިޑޭޓްކޮށްފައިވާ ސެޓްފިކެޓް ލެވެލް ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓްއެއް ލިބިފައިވުން.

ނުވަތަ

ގްރޭޑް 10 ނިންމައިފައިވުން

- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން

ސިއްހަތު ރަނގަޅު، ހަށިގަނޑުގައި ބާރު ހުރި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.  

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- މަރާމާތުކުރުމަށް ބޭނުންވާ އުޅަނދުފަހަރުތަކުގައި ކުރަންޖެހޭ ވެލްޑިންގ އަދި މެޓަލް ވާރކްސް މަސައްކަތްތައް ކުރުން

- ވެލްޑް އަދި މެޓަލް ވާރކްސް މަސައްކަތުގައި ބޭނުންކުރާ މެޝިނަރީސް އަދި އިކްއިޕްމަންޓްސް ރައްކާތެރިގޮތެއްގައި ބޭނުންކޮށް އެތަކެތި ބެލެހެއްޓުން

- އުޅަނދުފަހަރު މަރާމާތުކުރުމުގެ މަސައްކަތުގައި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ދަބަރު ތެޅުމާއި، ބްލާސްޓްކޮށް، ދަވާދުލުމުގެ މަސައްކަތުގައި އެހީތެރިވުން

- ބޯޓް ޔާރޑަކީ ސަލާމަތްކަމާއެކު މަސައްކަތްކުރާތަނަކަށް ހެދުމަށް ދޭންޖެހޭ އެއްބާރުލުންދީ އެފަދަކަންތައްތައް ތަންފީޒުކުރުމަށް އެހީތެރިވުން

- މަސައްކަތް ކުރުމުގައި ޤަވާއިދަށާއި، މީހުންނާއި، ތަކެތި އަދި ތަނުގެ ރައްކާތެރިކަމަށް ބަލައިގެން މަސައްކަތް ކުރުން

- މަޤާމްގެ ވާޖިބުތަކާއި ގުޅޭގޮތުން ޑިޕާރޓްމަންޓްއިން އަންގާ އެހެނިހެން މަސައްކަތްކުރުން

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

މުސާރަ:

-/4580ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3664 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/4500ރ - -/5500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- އޮޓޯ އަދި މެނުއަލް C ކެޓަގަރީގެ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން، ސިއްޙަތު ރަނގަޅުވުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށް ވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ސިވިލް ޔުނިިޓްގެ ވެހިކަލް އޮޕަރޭޓްކުރުން.

- ވެހިކަލް އޮޕަރޭޓް ކުރުމުގެ ކުރިން ރަނގަޅަށް ވެހިކަލް ޗެކްކުރުން.

- ވެހިކަލް ދޮވެ ސާފްކޮށް ބެލެހެއްޓުން.

- ވެހިކަލްގެ އަޑީތެޔޮ އަދި އެހެނިހެން ތެޔޮ ޗެކްކޮށް ލެވެލްއަޕް ކުރަންޖެހޭނަމަ 

އެކަން ކުރާފަރާތްތަކަށް އެންގުން.

- މަޤާމްގެ ވާޖިބްތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓުން އަންގާ މަސައްކަތް 

ފަރުވާތެރިކަމާއިއެކު ކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

ޝިފްޓް އުސޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

ޕްރޮޖެކްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް 

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

2019 ފެބްރުއަރީ 27ވާ ބުދަ ދުވަހުގެ 15:30 ގެ ކުރިން

ސިޓީ ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް:  ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

20 ފެބުރުވަރީ 2019
ހޯދާ