ދިވެހިރާއްޖެ
އިޢުލާން
ގްރެޖުއޭޝަން ޙަފުލާގެ އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގްރެޖުއޭޝަން ޙަފުލާގެ އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 11:30 އަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 28 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ތިންވަނަ ފުލޯ މީޓިންރުމް ގައެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.