މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޗީފް އިންޓަރނަލް އޮޑިޓަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/14000ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-/20000ރ - -/25000ރ އާއި ދެމެދުގެ ޢަދަދެއް ނުވަތަ އޮޑިޓްކުރުމުގެ ދާއިރާގެ ތަޖުރިބާއަށް ބެލުމަށްފަހު މާކެޓް ރޭޓަށްވުރެ ދަށްނުވާ އެލަވަންސެއް ދެ ފަރާތުން އެއްބަސްވާ ގޮތަށް ހަމަޖައްސައި ދެވޭނެ.    

ޝަރުތު:

-އޭ.ސީ.ސީއޭ ފުރިހަމަ ކޮށްފައިވުމާއި އެކު 05 އަހަރު ދުވަހުގެ އޮޑިޓް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ކޮލިފައިޑް އޮޑިޓަރއަކަށްވުން.   

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

-ކުންފުނީގައި ކުރަންޖެހޭ އެންމެހައި އިންޓަރނަލް އޮޑިޓް ކުރުމަށް ވޯރކް ޕްލޭނެއް ތައްޔާރުކޮށް، ވޯރކް ޕްލޭން އާއި އެއްގޮތަށް އިންޓަރނަލް އޮޑިޓް ކުރުމުގެ މަސައްކަތް ރާވާ ހިންގުން.

-ކުންފުނީގެ ބޯޑުގެ އިންޓަރނަލް އޮޑިޓް ކޮމިޓީއިން ކަނޑައަޅާ ޙާއްސަ އޮޑިޓްތައް ކޮށް އެ އޮޑިޓްގެ ރިޕޯޓްތައް ކޮމިޓީ އަށް ޙިއްސާކުރުން.

-ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްކުރެވުމުން ދަނީ ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ރާވާ ހިންގުމާއި ޑިޕާޓްމަންޓް ތަކުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރުން.

-ކުންފުނީގެ މަސައްކަތްތައް ބަލައި ދިރާސާކޮށް ރިސްކްތައް ދެނެގަނެ އަދި އެރިސްކްތައް ކުޑަކުރާނެ ގޮތުގެ ލަފާ މެނޭޖްމަންޓަށް ދިނުން.

-ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް ކުރެވެމުންދަނީ ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމަށް ކުރަންޖެހޭ އިންޓަރނަލް އޮޑިޓްގެ މަސައްކަތްކުރުން.

-އިންޓަރނަލް އޮޑިޓްގައި ފާހަގަކުރެވޭ ކަންތައްތަކާއި ގުޅޭގޮތުން މެނޭޖްމަންޓަށް ބޭނުންވާ ލަފާޔާއި އިރުޝާދު ދިނުން.

-އަހަރުން އަހަރަށް ކުންފުނީގެ އިންޓަރނަލް އޮޑިޓްކުރުމާއި އަދި އިންޓަރނަލް އޮޑިޓް ރިޕޯޓް ތައްޔާރުކުރުން.

-ކުރެވޭ އޮޑިޓްތަކާއި، ކުރިޔަށް ގެންދެވޭ ކޮންސަލްޓިންގ ޕްރޮޖެކްޓްތަކުގެ ނަތީޖާތައް ކުންފުނީގެ މެނޭޖްމަންޓަށާއި ބޯޑް މެމްބަރުންނަށް އަނގަބަހުން ނުވަތަ ލިޔެވިފައިވާ ރިޕޯޓްތަކުގެ އެހީގައި ހުށަހެޅުން.

-އޮޑިޓް ކުރުމުގައި ފާހަގަ ކުރެވޭ މައްސަލަތައް ދެނެގަތުމާއި އެމައްސަލަތައް ޑޮކިއުމެންޓް ކުރުން..                  

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް/އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް 

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

2019 ފެބްރުއަރީ 26ވާ އަންގާރަ ދުވަހުގެ 15:30 ގެ ކުރިން

ސިޓީ ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް:  ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

 

-          ެހީގައި ހުށަހެޅުން

19 ފެބުރުވަރީ 2019
ހޯދާ