އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގައި ވޯޓުފޮށި ނުބަހައްޓާ 4 ރިސޯޓު

ނަންބަރު: A)CA-2019/82)

އިޢުލާން

  06 އެޕްރީލު 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުފޮށިބަހައްޓަން ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި، ރިޔާސީ އިންތިޚާބު 2018 ގައި ވޯޓުފޮށި ބެހެއްޓި، ތިރީގައި މި ދަންނަވާ 04 ރިސޯޓެއް ހިމެނިފައި ނުވާތީ، އެ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމުގައި ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގައި ވޯޓުފޮށި ނުބަހައްޓާ 4 ރިސޯޓު

1. ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާ (ކ.ފުރަނަފުށި)

2. ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސް (ކ.ކަނޑޫމާފުށި)

3. ކޮކޯ ބޮޑު ހިތި (ކ. ބޮޑުހިތި)

4. އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެނގެލި (ކ. ހެލެނގެލި)

  އަދި ދަންނަވަމެވެ. އިސްވެ ބަޔާން ކުރެވުނު ރިސޯޓުތަކުގައި ވޯޓުލުމަށް ކުރިން ރަޖިސްޓަރީ ވެފައިވާ ރައްޔިތުންގެ ރަޖިސްޓަރީ މިހާރު އޮންނާނީ އެމީހަކު ރަށްވެހިވެފައިވާ ރަށެއްގައެވެ.

  ވީމާ، އިސްވެ ބަޔާން ކުރެވިފައިވާ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިރައްޔިތުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރުން އެދެމެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

14 ޖުމާދުލްއާޚިރާ 1440

            

19 ފެބުރުވަރީ 2019
ހޯދާ