ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އޮޑިހަރުގެ އެޅުމަށް ބިން ކުއްޔަށް ދޫކުރުމާއިބެހޭ

މިކަމަށް ކުރެވުނު މިއިދާރާގެ ނަމްބަރ :  (IUL)416-ESMSPR/416/2019/13އިޢުލާނަށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

 ވަގުތީ އޮޑިހަރުގެ އެޅުމަށް ބިން ކުއްޔަށް ދޫކުރުމާއިބެހޭ

 ރަށުގެ އުތުރު ފަރާތު "ކަނުކޮޑާ" ސަރަޙައްދުން އޮޑިހަރުގެ އެޅުމަށްޓަކައި ހުއްދަ ލިބިފައިވާ 4800 އަކަފޫޓްގެ ބިން، އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ގދ. މަޑަވެލި ކައުންސިލުން ނިންމާފައިވާތީ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެދޭ އަކަފޫޓް ހިމަނައިގެން ބިމުގެ ބޮޑުމިނާއި ބޭނުންވާ މުއްދަތު އެނގޭނެހެން 24 ފެބްރުއަރީ 2019 (އާދީއްތަ) ދުވަހުގެ ހެނދުނު 11:30 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް އާއިއެކު ބިމަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6840006 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 ފެބުރުވަރީ 2019
ހޯދާ