ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ބަނދަރުގައި އަޅާފައިވާ ދަތުރު ނުކޮށް ގިނަ ޒަމާންތަކެއް ވެފައިވާ އުޅަނދުފަހަރާއި ގުޅޭ

ފުވައްމުލަކު ބަނދަރުގައި އަޅާފައިވާ ދަތުރު ނުކޮށް ގިނަ ޒަމާންތަކެއް ވެފައިވާ އުޅަނދުފަހަރާއި އަދި މަހަށްނުފުރާ މަސްދޯނި ބޮއްކުރާފަދަ އުޅަނދުތައް ތިބުމުގެ ސަބަބުން ދަތުރުފަތުރު ކުރާ އުޅަނދުފަހަރަށް ބަނދަރު ބޭނުންކުރުމުގައި ދަތިތަކާއި ދަނީ ކުރިމަތި ވަމުންނެވެ.

           ވީމާ މަތީގައި ދެންނެވިފައިވާ ފަދައިން ބޭނުންނުކޮށް ގިނަދުވަސްތަކެއް ވަންދެން ބަނދަރުގައި އަޅާފައިވާ އުޅަނދުފަހަރު 28 ފެބްރުއަރީ 2019 ވަނަދުވަހުގެ ކުރިން ބަނދަރުން ނެގުމަށް ދެންނެވީމެވެ.

17 ފެބުރުވަރީ 2019
ހޯދާ