ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

       ހދ. ނޮޅިވަރަމުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 75 ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާތީ މިގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލަމެވެ.

      ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ހދ.ނޮޅިވަރަމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގެ އުސޫލް" އާއި އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތަކަށް، މާރކްސްދީ، އެންމެމަތިން މާރކްސްލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުންނެވެ. މިދެންނެވި ތަރުތީބުން ގޯތި ދޫކުރަމުން ގޮސް، ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ އޭގެތެރެއިން ގޯތި ލިބޭމީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

      ޕޮއިންޓް ލިބޭ މިންވަރަށްބަލައި އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެލިސްޓަށް ހޮވޭ ދެމަފިރިއަކަށް ދެގޯއްޗެއް ނުލިބޭނެއެވެ. އެދެމަފިރިންގެ ތެރެއިން ގޯތި ލިބޭނީ ނުވަތަ ގުރުއަތަށް ހޮވޭ މީހުންގެ ލިސްޓުގައި ހިމެނޭނީ ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން އިސްކަންދޭ ތަރުތީބުން އެދެމަފިރިންގެ ތެރެއިން އެންމެ މަތިން މާރކްސްލިބުނު ފަރާތެވެ. އަދި އެންމެ މަތިން މާރކްސް ލިބޭ ފަރާތަށް ގޯތި ކަށަވަރު ވެއްޖެނަމަ، ދެމަފިރިންގެތެރެއިން ބާކީހުރި ފަރާތައް ގޯއްޗެއް ނުލިބޭނެއެވެ. އަދި ގުރުއަތުގައި ބައިވެރިވެސް ނުވެވޭނެއެވެ. ދެމަފިރިންގެ މާރކްސް އެއްވަރު ވެއްޖެނަމަ، ގޯތި ލިބޭނެ ފަރާތެއް ނުވަތަ ގުރުއަތުގައި ބައިވެރިވާނެ ފަރާތެއް ދެމަފިން ކަނޑައަޅާންވާނެއެވެ. އަދި ކަނޑަނާޅައިފިނަމަ، ގުރުއަތުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅާނީ އެދެމަފިރިންގެ ތެރޭގައި ގުރުއަތު ލައިގެންނެވެ.

ހދ.ނޮޅިވަރަމުން ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތައް

     (ހ)    ދިވެހި ރައްޔިތެއް ކަމުގައި ވުން

     (ށ)    ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައި ވުން

     (ނ)   600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އަދި ގޯއްޗަކުން ބައެއްވިޔަސް އަމިއްލަ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން

     (ރ)    ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއްވިޔަސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން

     (ބ)    އެއްމެދު ޢިމާރާތެއްގެ ފުލެޓެއްވިޔަސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން

 (ޅ)   އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއްވިޔަސް ލިބިފައި ނެތުން ނުވަތަ ހިބައަކުން ނުވަތަ ވަޞިއްޔަތުން އަދި ތަރިކައަކުންވެސް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައި ނެތުން

(ކ)   ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، އަދި މިފަދަތަނެއް އަމިއްލަނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަދުވަސްވެފައިވުން.

(އ)   އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަދުވަސްވެފައިވުން.

(ވ)   ދިރިއުޅުމަށް އެކަށީގެން ނުވާފަދަ ބިމަކުން ގޯތި ލިބިފައިވާ ފަރާތަކުން ގޯތިދޫކޮށްލައިފައިވާނަމަ އެފަދަ ފަރާތްތަކުން ގޯއްޗަށް އެދި ހުށަހެޅުމުން ގުރުއަތުގައި ބައިވެރިކޮށް ގޯތިދޫކުރެވޭނެއެވެ. 

      ގޯތި ދޫކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާ ހުއްދަ ދެއްވާފައިވަނީ ނޮޅިވަރަމު އިރުމަތިކޮޅުންނެވެ. ތިރީގައި އެވަނީ ހދ. ނޮޅިވަރަމުން ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ޗާޓެވެ.

      ވީމާ، މިސަރަހައްދުން ގޯއްޗަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 މާޗް 07 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ހދ.ނޮޅިވަރަމުން ބަންޑާރަ ގޯއްޗަށްއެދި ހުށަހަޅާފޯމާއި، ހދ. ނޮޅިވަރަމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގެ އުސޫލް، މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިއުސޫލާއި، ހދ.ނޮޅިވަރަމުން ބަންޑާރަ ގޯއްޗަށް އެދި ހުޙަހަޅާ ފޯމް ނޮޅިވަރަމު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

14 ފެބުރުވަރީ 2019
ހޯދާ