މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޕައިލޮޓް
ބޭނުންވާ އަދަދު :1

މުސާރަ:

-/13000 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/10400 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/15500ރ - -/20000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

އަންލިމިޓެޑް މާސްޓަރސް ސެޓްފިކެޓެއް އޮތުމާއި އެކު 02 އަހަރުދުވަހު އުޅެ 

ވަޒީފާ ތަޖުރިބާ ލިބިފައިވުން އަދި ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދު ފަހަރަށް ޕައިލޮޓް ޚިދުމަތް ދިނުމާއި އެމަސައްކަތުގައި ކުރަންޖެހޭ ކަންތައްތައް ރާވާ ހިންގުން.

- ކާގޯ އޮޕަރޭޝަނުން އަންގާ ގޮތެއްގެމަތީން މަސައްކަތް އަވަސްވާގޮތަކަށް އުޅަނދުފަހަރު ބާތަށް ކައިރިކޮށް ދުރުކޮށްދިނުން.

- ޕައިލޮޓް މޫވްމަންޓް ނިންމުމަށްފަހު ވެސެލް ޗެކްލިސްޓް ޕައިލޮޓޭޖް އެންޑް މެރިންސާވިސްއަށް ހަވާލުކޮށް، ޕީޓީބީ ފޯމް ހެދުމުން ސޮއިކުރުން.

- މާލެ ވިޔަފާރި ބަނދަރުގެ ޕޯޓް ލިމިޓެޑް ތެރޭގައި އަޅާފައި ހުންނަ އުޅަނދުފަހަރުގެ ކަންތައްތައް ބެލެހެއްޓުން.

- އޮފީހުން ބަލަހައްޓަމުންގެންދާ ކަނޑުމަތީގެ ބައްތިތަައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވޯކްއޯޑަރ ފޮނުވުން.

ހުޅުލެ، ފުނަދޫ އަދި ތިލަފުށި އަދި ހުޅުމާލެބަނދަރަށް ގެންދާ ބޯޓުފަހަރަށް

ގަވާއިދާއި އެއްގޮތަށް ޕައިލޮޓް ޚިދުމަތް ފޯރުކޮށް ދިނުން.

ޕައިލޮޓޭޖް ޚިދުމަތް ދިނުމުގައި ދަތިވާ މައްސަލަތައް ޑިޕާޓްމެންޓް ހިންގަން

ހުންނެވި ވެރިޔަކަށް އެންގުން.

ޕައިލޮޓޭޖް ޚިދުމަތުގައި އެކްސިޑެންޓެއް ހިނގައިފިނަމަ ޑިޕާޓްމެންޓަށް
 
އެންގުމާއި އެޗް އޯޑީއަށް ލިޔުމުން ރިޕޯޓް ކުރުން.

ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ޕޯޓްކޮންޓްރޯލް ޕާމިޓްތައް އިޝޫކުރުން. 

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދަންފަޅި އުސޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތް ކުރަންޖެހޭ ތަން :

 ޕައިލޮޓޭޖް އެންޑް މެރިން ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް 

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއިއެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ސުންގަޑި:

2019 ފެބްރުއަރީ 21ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން

ސިޓީ ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް:  ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

 

 
14 ފެބުރުވަރީ 2019
ހޯދާ