ދިވެހިރާއްޖެ
`
ނަމްބަރު: IUL-248-ESMSMS/248/2019/16
އިޢުލާނު
2019 ވަނަ އަހަރު އިހަވަންދޫގެ އިޖުތިމާއީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު: (IUL)248-ESMSMS/248/2019/13 (24 ޖަނަވަރީ 2019) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 10.30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 21 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.
މި މަސައްކަތް ކޮށްދެއްވުމަށް އެދި މަޢުލޫމާތު ސާފުކޮށް،އަންދާސީ ހިސާބު ހުށަހެޅޭނީ ކުންފުނި، ކޯޕަރޭޓިވް ސޮސައިޓީ ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް،ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. އެފަދަ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށެހެޅުއްވުމަށް ވަޑައިގަންނަވާއިރު އެ ތަނެއްގެ ރަސްމީ ސިޓިއަކާއި، ލިބިފައިވާ ހުއްދަ ތަކުގެ ކޮޕީއަކާއި،އަދި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. އެފަދަ ފަރާތެއްގެ ބަދަލުގައި މީހަކު ފޮނުއްވާނަމަ މީގެއިތުރުން ނުވަތަ އެފަރާތަކުން ފޮނުއްވި މީހެއްކަން އެނގޭ ގޮތަށް އެ ތަނެއްގެ ރަސްމީ ސިޓީއެއް ގެންނަން ވާނެއެވެ.
މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް 2019 ވަނަ އަހަރު ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.