ދިވެހިރާއްޖެ
މަޤާމް :ސްޓްރިންގަރ | |
---|---|
ބޭނުންވާ އަދަދު :166 | |
އިޢުލާން އަންނަ އޭޕްރިލްމަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ކަވަރުކުރުމަށް "ޕީއެސްއެމް ނިއުސް" ގެ މޮނީޓަރަކަށް ވުމުގެ ފުރުސަތު ހުޅުވާލަމެވެ. މޮނީޓަރުންނަށް ވެވޭނީ މީލާދީ ގޮތުން 18 ފުރިފައިވާ ފަރާތްތަކެށެވެ. މޮނީޓަރުން ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި ވޯޓްލުން އޮންނަ ދުވަހު ވޯޓްލާ މަރުކަޒުތަކުގައި ހިނގާ ކަންކަމުގެ ފޮޓޯއާއި މައުލޫމާތު ވަގުތުން ވަގުތަށް ޕީއެސްއެމް ނިއުސްއާއި ހިއްސާކުރުމާއި ވޯޓްގެ ނަތީޖާ ވަގުތުން ވަގުތަށް ޕީއެސްއެމް ނިއުސްއަށް ފޮނުވުމެވެ. މޮނީޓަރަކަށް ވާން ބޭނުންވާ ފަރާތްތަކުގެ އަތުގައި ސްމާޓް ފޯނެއް އޮތުމަކީ މުހިއްމުކަމަކެވެ. ޕީއެސްއެމް ނިއުސް ޓީމުގައި ބައިވެރިވެ މޮނީޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އެ ދުވަހަށް -/500 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މޮނީޓަރަކަށް ވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް ޕީއެސްއެމުން ޤާއިމުކޮށްފައިވާ "stringers.psmnews.mv" ފޯޓަލް މެދުވެރިކުރައްވާ އެ ފަރާތެއްގެ ވަނަވަރާއި އައިޑީކާޑުގެ ދެފުށުގެ ކޮޕީއާއި ޕާސްޕޯރޓް ފޮޓޯއެއް އަޕްލޯޑްކޮށްދެއްވުން އެދެމެވެ. އަދި މި ދެންނެވި ޕޯޓަލް ޕީއެސްއެމްގެ ވެބްސައިޓް “Psmnews.mv” ފެނިވަޑައިގެންނަވާނެއެވެ. މޮނީޓަރަކަށްވުމަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ 2019 ފެބްރުއަރީ މަހުގެ 20 ވަނަދުވަހުގެ 16:00 އެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ 7962561 ނުވަތަ 3313559 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. 07 ޖުމާދަލްއާޚިރާ 1440 |