ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

އިޢުލާނު

މި ސެންޓަރ އިން 30 ޑިސެމްބަރ 2018 ގައި ޝާޢިއުކުރި ނަންބަރު: (IUL)177/1/2018/50 (އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ) ގެ އިޢުލާން ބާޠިލްކޮށް، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީމެވެ.

 

މަޤާމް:                   އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު:             J-211835

ބޭނުންވާ އަދަދު:              01

މަޤާމުގެ ގިންތި:              ދާއިމީ

މަގާމުގެ ރޭންކް:              ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:         އެސިސްޓެންޓް ޓެކްނިކަލްއޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:       ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް، މާލެ، ދިވެހިރާއްޖެ

މުސާރަ:                   4465.00ރުފިޔާ

ސަރވިސް އެލެވަންސް:          1500.00ރުފިޔާ

އެހެނިހެން އެލަވަންސް:          1. ސަޕޯޓް ކޯ އެލަވަންސް 2: 700.00ރުފިޔާ

އިތުރު ޢިނާޔަތްތައް:           2.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                      3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                      4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:               1. އެން.ސީ.އޭ އިން އިންތިޒާމްކުރާ އިވެންޓްތައް އިންތިޒާމްކޮށް ރާވައި ހިންގުމުގެ ހަރަކާތްތައްކުގައި  އަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުން.

                    2. މިއުޒިކާއި ގުޅުންހުރި އެންމެހައި ކަންތައްތަކުގައި އިދާރީގޮތުން އެހީތެރި ވެދިނުމާއި، ޑާންސް އަދި މިއުޒިކް ޕްރެކްޓިސް ރޫމްތައް ދޫކުރުމާއި ބެލެހެއްޓުން އަދި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްކުރުން.

                    3. އިވެންޓްސް ޔުނިޓަށް ލިބޭ ސިޓީ، ނޯޓް ފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

                    4. އެން.ސީ.އޭގެ ބޭންޑްގެ އިދާރީ މަސައްކަތް ކުރުން

                    5. އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ކުރުމާއި އަދި އެން.ސީ.އޭ އިން ހިންގާ މުހިއްމު ހަރަކާތްތަކުގައި އެހީތެރިވުމަށް އެދިއްޖެނަމަ އެހީތެރިވެދިނުން.

 

 މަޤާމުގެ ޝަރުޠުތައް:       1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:     1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ nca.gov.mv/downloads ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

                   2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

                   3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ  މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                   4. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

                   5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

                       (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭމެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

                       (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

                   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

                   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

                   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

                       (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

                       (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް    

ވަޒީފާއަށް އެންމެ ޤާބިލު          

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

                   ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށްބަލައިގެން .

                   ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

                   ނ. ޤާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަރވިއުއިން.

                   ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް    ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުތު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

                   ބ. މިމަޤާމަށް މީހަކު ހޮވުމުގައި މި ދާއިރާއިން މަސައްކަތް ކޮށްފައިވާ މުއްދަތާއި، ތަޖުރިބާއާއި ތަޢުލީމަށް އިސްކަންދެވޭނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ފެބުރުވަރީ 2019 ވާ އާދިއްތަ ދުވަހުގެ ގެ 13:00 ގެ ކުރިން، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 03 މާރިޗު 2019 އާއި 07 މާރިޗު 2019 އާ ދެމެދު، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް ގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:         މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

                     މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3310729 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

13 ފެބުރުވަރީ 2019
ހޯދާ