މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ބޭނުމަށް ވެހިކަލް ކުއްޔަށް ހިފުމަށް

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެބޭނުމަށް ވެހިކަލް ކުއްޔަށް ހިފުމަށް

 

ނަމްބަރު: IUL)438-MCEP/438/2019/28)                                                       ތާރީޚް: 13 ފެބްރުއަރީ 2019

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ، މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" (އެމް.ސީ.އީ.ޕީ) ގެ ދަށުން އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވާ ޅ.ކުރެންދޫ ކުނި މެނޭޖް ކުރާ ސެންޓަރުގެ މަސައްކަތުގެ ސައިޓު ސާފް ކުރުމަށް ތިރީގައި ދެންނެވިފައިވާ އުޅަނދުތައް ކުއްޔަށް ހިފުމަށް ބޭނުން ވެއެވެ.

 

އަދަދު

އުޅަނދުގެ ނަން

ބޭނުންވާ މުއްދަތު

01

Dump Truck (15 tonnes)

މި މަސައްކަތުގެ މުއްދަތަކީ 5 ދުވަހެވެ.

01

Excavator (350 - low bed)

 

މި ވެހިކަލްތައް އޮޕަރޭޓް ކުރުމަށް ޑްރައިވަރުން ހަމަޖައްސަންވާނީ ކުއްޔަށްދޭ ފަރާތުންނެވެ. މަސައްކަތުގެ މުއްދަތުގައި ޑްރައިވަރުންނަށް ކެއުމާއި ހުރުން ހަމަޖައްސާނީ މި މިނިސްޓްރީގެ ފަރާތުންނެވެ. އަދި ވެހިކަލްތައް މަސައްކަތުގެ ސައިޓަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާލެ ނުވަތަ ތިލަފުށީ ބަނދަރުންނެވެ.

 

ވީމާ، މަތީގައި ދެންނެވިފައިވާ ވެހިކަލްތައް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 20 ވާ ބުދަ ދުވަހު 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަގު ހުށަހެޅުއްވުން އެދެމެވެ.

 

އަހުމަދު ނިޒާމް

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

އަގު ހުށަހެޅުން އޮންނާނީ 2019 ފެބްރުއަރީ 20 ވާ ބުދަ ދުވަހު 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

13 ފެބުރުވަރީ 2019
ހޯދާ