މަޤާމު:
|
ކެމްޕަސް މެނޭޖަރ
|
ބޭނުންވާ ޢަދަދު 2
|
އަސާސީ މުސާރަ:
|
މަހަކު 8.500.00 ރުފިޔާ
|
އޮފީސް:
|
1. އައި.ޔޫ.އެމް ލަރނިންގ ސެންޓަރ، ޏ. ފުވައްމުލަކު ސިޓީ ( ބޭނުންވާ ޢަދަދު 1)
2. އައި.ޔޫ.އެމް ލަރނިންގ ސެންޓަރ، ލ. ފޮނަދޫ ( ބޭނުންވާ ޢަދަދު 1)
|
އެލަވަންސް:
|
1. ސާރވިސް އެލަވަންސް: މަހަކު 3150.00 ރުފިޔާ
2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 110.00 ރުފިޔާ
3. ޕްރޮފެޝަނަލް އެލަވަންސް: މަހަކު 3400.00 ރުފިޔާ
4. ފޯން އެލަވަންސް: މަހަކު 250.00 ރުފިޔާ
5. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.
|
ރޭންކް
|
(M)
|
މަޤާމުގެ ޝަރްޠުތައް:
|
- މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ލިބިފައިވުމާއެކު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއަކުން ހާސިލްކޮށްފައިވުން.
ނުވަތަ
- މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 8/7 ގެ ސަނަދެއް ލިބިފައިވުމާއެކު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއަކުން ހާސިލްކޮށްފައިވުން.
- މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮމްބިނޭޝަންތަކުން ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ލަރނިންގ ސެންޓަރުގެ އިދާރީ ހިންގުމުގެ މަސައްކަތްތަކާއި ކިޔަވައިދިނުމުގެ އެންމެހާ ކަންކަން، ކުންފުންޏާއި ޔުނިވާސިޓީގެ ކަމާބެހޭ ފަރާތްތަކާ ކޯޑިނޭޓްކޮށްގެން ފުރިހަމައަށް އިންތިޒާމްކޮށް، އެމަސައްކަތްތައް ކުރުން.
- ސެންޓަރުގެ އިދާރީ ފޮތްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި އަދި އިދާރީ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ސެންޓަރުގެ ހިސާބުތައް ބެލެހެއްޓުމާއި ޚަރަދުތައް ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދިއުން.
- ހަރުމުދަލުގެ އިންވެންޓްރީ އަދި ސްޓޮކް އަޕްޑޭޓްކޮށް ހަރުދަނާ ނިޒާމެއްގެމަތީން އިންތިޒާމުކޮށް ބެލެހެއްޓުން.
- ސެންޓަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެކްޝަން ޕްލޭން ތައްޔާރުކޮށް އެކަންކަން ހާޞިލުކުރުމަށް މަސައްކަތްކުރުން.
- މާލެއިން ސެންޓަރަށް ކިޔަވައިދިނުމަށް ވަޑައިގަންނަވާ ލެކްޗަރާރުންގެ އެތެރޭގެ ދަތުރުތައް ހަމަޖެއްސުމާއި، އެފަރާތްތަކަށް ބޭނުންވާ އެންމެހާ ކަންކަން ޤަވައިދުގެ ތެރެއިން އިންތިޒާމްކުރުން.
- ސެންޓަރުގައި ކިޔަވައިދެއްވާ ލެކްޗަރާރުންގެ އެޓެންޑެންސް އަދި މުސާރަ ޝީޓް ތައްޔާރުކޮށް ކުންފުނި އަދި ޔުނިވަރސިޓީގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ސެންޓަރުގެ އިމާރާތާއި، ކަރަންޓާއި ފެނުގެ ވިޔުގަ އަދި ބޭނުންކުރާ މެޝިނަރީ އިކުއިޕްމަންޓްތަކަށް ބޭނުންވާ މަރާމާތުތައް ބަލައި ދިމާވާ މައްސަލަތައް ލަސްނުކޮށް ހައްލުކުރުން.
- ކިޔަވައިދިނުމަށް ކްލާސްރޫމްތައް ތައްޔާރުކޮށް ލެކްޗަރާރުންނަށް ފަހިކޮށްދިނުން.
- ޔުނިވަރސިޓީ އާ ދޭތެރޭ މީހުންދެކޭގޮތް ރަނގަޅުކޮށް ޔުނިވަރސިޓީގެ ކޯސްތައް އިސްތިހާރުކުރުމަށް މަސައްކަތްކުރުން.
- ކުންފުނިން އަދި ޔުނިވަރސިޓީން ލަރނިންގ ސެންޓަރަށް ފޮނުވާ ތަކެތި ލިބިގަނެ ރައްކާތެރިކޮށް ބެލެހެއްޓުން.
- ސެންޓަރުގެ މަސައްކަތް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުން.
- މާގާމާއި ގުޅިގެން މެނޭޖިންގ ޑިރެކްޓަރ ނުވަތަ އެޕަރޭޝަންސް މެނޭޖަރ ޙަވާލުކުރާ މަސައްކަތްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
|
ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސީވީ އަދި ސެޓްފިކެޓް ތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ [email protected] އީމެއިލްއަށް 19 ފެބްރުވަރީ 2019 ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ކުރަންވާނެއެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3022161 ފޯނަށް ގުޅުއްވުން އެދެމެވެ.
|