ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ށ.ގޮއިދޫ ސްކޫލުގެ ސެކިޔުރިޓީ ބަލެހެއްޓުންް

2019 ޖަނަވަރީ 1 އިން 2019 ޑިސެމްބަރ 31 އަށް މި ސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމަށް ކުރެވުނު ނަމްބަރ GS110-IUL/2018/24   އިއުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އަލުން އިއުލާން ކުރަމެވެ.

2019 ޑިސެމްބަރ 31 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 7:00 އަށް (ޖުމްލަ 13 ގަޑިއިރު) އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުން

2019 ފެބުރުއަރީ 20 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި.

ބީލަން ހުށަހަޅުން / ބީލަން ހުޅުވުން

2019 ފެބުރުއަރީ 27 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި.

 

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ސްކޫލަށް ދުރުވެ ކަނޑައެޅިފައި އެވާ ތާރީޚަށް މަޢުލޫމާތު ސާފުކުރުމަށްފަހު ބީލަން ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތުގެ ބީލަން ފޮތް މިސްކޫލުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540582 ނަންބަރު ފޯނާއެވެ.

11 ފެބުރުއަރީ 2019

11 ފެބުރުވަރީ 2019
ހޯދާ