ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ނީލަން ކިއުން

މި ސްކޫލްގެ ބައެއް ތަކެތި ނީލަން ކިޔުން

    މިސްކޫލްގައި ބައުވެ ހަލާކުވެފައި ހުރި ބައެއް ތަކެތި ނީލަން ކިއުން (21  ފެބްރުއަރީ 2019 ) ވާ ބުރާސްފަތި ދުވަހުގެ 13:00  ގައި މި ސްކޫލްގައި އޮންނާނެއެވެ.

ނީލަން ކިޔާ ތަކެތީގެ ލިސްޓެއް ތިރީގައި އެވަނީއެވެ.

  • ސީޕީޔޫ
  • މޮނީޓަރ
  • ކީބޯޑު
  • ގޮނޑި
  • ދިގު ޑެސްކު
  • މޯބައިލް ފޯން(އާދައިގެ)
  • ލޭންޑް ލައިން ފޯން
  • އޭސީ އައުޓް ޑޯ އަދި އިންޑޯ

    ނީލަން ކިޔަން ފެށޭނެ އެންމެ ދަށް އަގަކީ 10 (ދިހަ) ރުފިޔާއެވެ.  މި ނީލަމަށް ފަހަރަކު އެންމެ މަދުވެގެން އިތުރު ކުރެވޭނީ 5 (ފަސް ރުފިޔާ) އެވެ. ނީލަން ކާމިޔާބު ކޮށްގެން ލިބޭ ތަކެތި ގެންދެވޭނީ ފައިސާ ދެއްކުމަށްފަހުއެވެ. ނީލަން ކާމިޔާބު ކުރާތާ ރަސްމީ ތިން ދުވަސްތޭރޭގައި ފައިސާ ދެއްކެވުމަށްފަހު 1 ދުވަސް ތެރޭގައި ތަން ހުސްކުރައްވަން ވާނެއެވެ. 3 ދުވަސް ތެރޭގައި ފައިސާ ނުދައްކަވައިފި ނަމަ އެތަކެތި އަނބުރާ ނީލަމަށް ލެވޭނެއެވެ.

    ވީމާ، މިވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

6 ޖުމާދުލްއާހިރު 1440

11 ފެބުރުވަރީ 2019
ހޯދާ