ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްއަންޞާރު މިސްކިތުގެ ބައެއް މަސައްކަތްތައް ކުރުން؛

މިއިދާރާގެ ނަންބަރު:(IUL)417-CA/417/2019/7  (16 ޖަނަވަރީ 2019) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ އެދުމުގެ މަތިން އަންދާސީ ހިސާބުތައް ބާޠިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިރަށު މަސްޖިދުލް އަންޞާރު މިސްކިތުގެ ވުޟޫކުރާބައި ސީލިންގކޮށް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވޭނެ އަގެއް ހޯދުމަށް ބޭނުންވެއެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައި މިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.

 

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

2019 ފެބުރުވަރީ 14 ވަނަ ދުވަހުގެ 10:00 ގައި

2019 ފެބްރުއަރީ 19 ވަނަ ދުވަހުގެ 10:00 ގައި

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ފެބުރުވަރީ 2019
ހޯދާ