ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ޕްރިންޓަރ (ދާއިމީ)

 

ޕްރިންޓަރ

މަޤާމް:

J-276059

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެސް. އެސް 3

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 3

އެޑްމިން ސެކްޝަން

ނޫރާނީ ސްކޫލް / ސ.ހިތަދޫ

މަޤާމުގެ ކްލެސިފިކޭޝަން:

ސެކްޝަން:

މަޤާމު އޮތް އޮފީސް:

ނޫރާނީ ސްކޫލް / ސ.ހިތަދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/3875 ރުފިޔާ

މުސާރަ:

-/1000 ރުފިޔާ

ސަރވިސް އެލެވަންސް:

-/1200 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވަންސް)

އިންފޮމޭޝަން ޓެކްނޮލޮޖީ

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އެހެނިހެން އެލަވަންސް:

ދާއިރާ:

އިތުރު އިނާޔަތްތައް:

 

  1. ޗާޕްކުރަންޖެހޭ ޓެސްޓް ޕޭޕަރުތަކާއި، ނޯޓިސްތަކާއި، ފޮޓޯކޮޕީ ހަދަންޖެހޭ ތަކެއްޗާއި، އެހެނިހެންތަކެތި، ކަނޑައެޅިފައިވާ ގަޑިއަކަށް ޗާޕްކޮށްފައި ޙަވާލުކުރުން.
  2. ކޮންމެ އަހަރަކުވެސް އެއަހަރެއްގެ ޓީޗަރުންގެ ހޭންޑްބުކް ވެރިއެއްގެ ލަފާގެމަތިން ތައްޔާރުކޮށް ނިންމާފައި ވެރިޔަކާއި ޙަވާލުކުރުން.
  3. ބައިންޑުކުރުމާއި ލެމިނޭޓްކުރުމަށް ހަވާލުކުރެވޭތަކެތި، ކަނޑައެޅިފައިފާ ދުވަހަކަށް ނިންމައި ހަވާލުކުރުން.
  4. އޮފީހަށާއި، ޓިޗަރުންނަށް ބޭނުންވާ ތަކެތި ފޮޓޯކޮޕީ ހަދައިދިނުން.
  5. ޕްރިންޓް ކުރުމަށް ބޭނުންވާ ހުރިހާ  މެޝިންތައް ސަރވިސްކުރުވައި ބެލެހެއްޓުން.
  6. ޕްރިންޓް ކުރުމަށް ބޭނުންވާ ކަރުދާސް ދެލިފަދަ ތަކެތި ދުރާލާ ހޯދުން.
  7. ޕްރިންޓްރޫމް ސާފުކުރުވާ ތަރުތީބުކޮށް ބެލެހެއްޓުން.
  8. ޕްރިންޓްކުރާ ތަކެތީގެ ކޮޕީއެއް ފައިލްކޮށް ބެލެހެއްޓުން.
  9. ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީސްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.އަދި ޙަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއި އެކު އޮފީހުގައި ހުންނަ ލިޔެކިޔުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • ގްރޭޑް 7 ނިންމާފައިވުން . (ގްރޭޑް 7 ނިންމާފައިވާކަން ކަށަވަރުކުރާނީ ލީވިންގ ސެޓްފިކެޓްގެ ނުވަތަ ގްރޭޑް 7 ނިންމިކަން އަންގައި ދިނުމުގެ ގޮތުން ސްކޫލުން ދޫކޮށްފައިވާ ލިޔުމަށް ރިޔާއަތްކޮށެވެ.

 

 

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ނޫރާނީ ސްކޫލްގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ފެބުރުއަރީ 2019 ވާ އަންގާރަދުވަހުގެ މެންދުރު 13.00 ގެ ކުރިން، ނޫރާނީ ސްކޫލްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 ފެބުރުއަރީ 2019 އާއި 25 ފެބުރުއަރީ 2019 އާ ދެމެދު، ނޫރާނީ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު  10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885917 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

 

10 ފެބުރުވަރީ 2019
ހޯދާ