ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކަނޑޫދޫ ކައުންސިލް އިދާރާގެ އެއާކޮންޑިޝަންތައް ސަރވިސް ކުރުމާބެހޭ

އިޢުލާން

 

 

ތ. ކަނޑޫދޫ ކައުންސިލް އިދާރާގެ އެއާކޮންޑިޝަންތައް ސަރވިސް ކުރުމާބެހޭ

 

            ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި ހަރުކޮށްފައިވާ 06 އެއާކޮންޑިޝަން ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

                  ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 13 ފެބުރުއަރީ 2019 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 17 ފެބުރުއަރީ 2019 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށްއެދި އަންދާސީ ހިސާބު ހުށަހަޅާ އެއްވެސް ފަރާތެއް މިއިދާރާގެ އެއްވެސް ވެރިއަކާ އާއިލީގުޅުމެއް ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތްކަމުގައިވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އަންދާސީ ހިސާބާއެކު ހުށަހަޅާ ލިޔުންތަކާއެކު ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

                  05 ޖުމާދަލްއާޚިރާ 1440

                  10 ފެބުރުއަރީ   2019 

10 ފެބުރުވަރީ 2019
ހޯދާ