މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރގެ މަޤާމަށް މީހަކު ހޯދުން.

 

މަޤާމު:               ޕްރޮޖެކްޓް އޮފިސަރ

މަޤާމު:               ފައިނޭންސް އޮފިސަރ

މަޤާމުގެ ނަމްބަރ:        J-268876

ބޭނުންވާ ޢަދަދު:         1

މަޤާމުގެ ގިންތި:         ދާއިމީ

މަޤާމުގެ ރޭންކް:         އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:   އޮފިސަރ ގްރޭޑް 1

ސެކްޝަން:            ކޯޕަރޭޓް އެފެއަރޒް

މަޤާމް އޮތް އޮފީސް:      މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:  މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

މުސާރަ:              މަހަކު .5610.00 ރުފިޔާ   

ސަރވިސް އެލަވަންސް:    މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:    1. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                   2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                   3. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                   4. ވަޒީފާއާއި ގުޅިގެން ދެވޭ އެހެނިހެން އެލަވަންސް.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި،

ވާޖިބްތައް:             1-މުވައްޒަފުންގެ މުސާރަޝީޓްއާއި،  ޕޭމަންޓް ވައުޗަރ އާއި ޚަރަދު ވައުޗަރއާއި،  އެހެނިހެން          ފައިސާގެ ލިޔުން ތައް ތައްޔާރުކުރުން.                                  

                    2- ޚަރަދުބަލާ، އެނަލައިޒްހަދާ، ރިކޮންސިލްސަންސްޓޭޓްމަންޓް ތައްޔާރުކުރުން. 

                    3- އަހަރީ ބަޖެޓް ލިޔެ ތައްޔާރުކޮށް ކަމާބެހޭ ފަރާތަށް ފޮނުވުން.

                    4- ރައްޔިތުންގެ މާލިއްޔަތު ( ކައުންސިލްގެ އާއްމުދަނީ) އެކައުންޓްގެ ރިޕޯޓްތައް ލިތައްޔާރުކޮށް ބެލެހެއްޓުން.                                              

                    5- ސަރުކާރުގެ ދާއިރާތަކަށް ފޮނުވަންޖެހޭ ފައިސާގެ ރިޕޯޓްތައް ތައްޔާރުކުރުން.

                    6- ކައުންސިލްގެ އިދާރާއިން ނީލަންކިޔަން ޖެހޭ ތަކެތި ނީލަންކިޔުމުގެ ކަންތައްތައް ކުރުން

                    7- ކައުންސިލްގެ ފައިސާއާއިބެހޭ އެންމެހާ ލިޔެކިޔުންތައް ފައިލްކޮށް ރައްކާތެރިކަމާއި އެކު

                       ބެލެހެއްޓުން.

                    8- ކައުންސިލް އިދާރާގެ ޚާއްސަ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި  ކައުންސިލްގެ ޙާއްސަ

                       މަސައްކަތްތަކުގައި އަމަލީގޮތުން އިސްނެގުމާއުއެކު ބައިވެރިވުން.

                    9- ކޮންމެ އަހަރެއްނިމުމުން މާލީބަޔާން ތައްޔާރުކޮށް އޮޑިޓް އޮފީހަށް ހުށަހެޅުން.

                    10- ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން.  

                    11- ޚަރަދު ވައުޗަރ ތައް ތައްޔާރުކޮށް ހަރަދުތައް އެނަލައިޒްކުރުން.

                    12- ހަރަދު އެކައުންޓްތަކުގެ ރަޖިސްޓްރީ ލިޔެބެލެހެއްޓުން.

 

 

                                    

މަޤާމުގެ ޝަރުޠުތައް:      1- މަޤާމުގެ މަސައްކަތާގުޅޭ ތަޢްލީމީ ރޮގަކުން (އެކައުންޓިންގް / ފައިނޭންސް)  ދިވެހިރާއްޖޭގެ ޤައުމީ

                       ސަނަދު އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލް ކޮށްފައިވުން.

                       

ހުށަހަޅަންޖެހޭ ލިޔުންތައް:    1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ  ވަޒީފާއަށް އެދޭ  ފޯމް.  (މިފޯމް ސިވިލް ސަރވިސް

                       ކޮމިޝަނުގެ ވެބްސައިޓުންނާއި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

                    2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޫނެ ފޯނު ނަމްބަރާއި، އީމެލް އެޑްރެސް ހިމެނޭގޮތަށް)

                    3. ވަޒީފާއަށްއެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް

                      ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

                    4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް  މުއައްޒަފުން ކުރިމަތިލާ

                       މަޤާމަށް ހޮވިއްޖެނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު  އިޢްތިރާޒެއް  ނެތްކަމަށް، ވަޒީފާ

                       އަދާކުރާ އޮފީހުގެ ލިޔުން.

                    5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 

                      (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ، ރާއްޖޭން ބޭރުގެ މަތީ

                         ތަޢްލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ

                         ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި  ޤަބޫލުކުރެވޭނެ

                         ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

                     (ށ) މަތީ ތަޢްލީމުދޭ، ރާއްޖޭގެ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ  ތަޢްލީމީ  ސެޓްފިކެޓްތަކާއި،

                     ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

                  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރިން ސެޓްފިކެޓްތަކުގެ ކޮޕީ.

                  7. ސިވިލް ސަރވިސްގެ ވަޒީފާއަށް  ވަނުމަށް ދެވޭ  އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،

                    އެ ސެޓްފިކެޓްގެ ކޮޕީ.  

                  8. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

                    (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރުހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ

                      އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހުން

                      ދޫކޮށްފައިވާ ލިޔުން.

                   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި  ވަޒީފާ އަދާކޮށް ފައިވާނަމަ ވަޒީފާއަދާކުރި

                    މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު  އަދި މަސައްކަތްކޮށް ފައިވާ ތަނުގެ  މުއައްޒަފުންގެ އަދަދު

                    ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ  ލިޔުން ނުވަތަ ވަޒީފާއަދާކުރިގޮތް  އަންގައިދޭ ރެފަރެންސް

                    ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:    1. މަޤާމުގެ މަސައްކަތާއި ގުޅޭގޮތުން ލިބިފައިވާ ތަޢްލީމާއި ތަމްރީނު.                 

                           2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށފައިވާނަމަ މަސައްކަތުގެ ތަޖްރިބާ.    

                           3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

                   

މަޤާމަށް އެދެންވިގޮތާއި، ސުންގަޑި:  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ފެބުރުވަރީ 2019 ވާ ބުދަ ދުވަހުގެ 12:00ގެ

                        ކުރިން  މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ  އިދާރާއަށެވެ.  ލިޔުންތައް  އީމެއިލް

                        މެދުވެރިކޮށްވެސް  އަދި ފެކްސް  މެދުވެރިކޮށްވެސް  ބަލައި  ގަނެވޭނެއެވެ.  އީމެއިލް އެޑްރެހަކީ

                        ([email protected]) އެވެ.  އަދި ފެކްސް  ނަމްބަރަކީ  (6540047)

                        އެޕްލިކޭޝަން ފޯމާއިއެކު  ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތައް  ހުށަހަޅާފައި

                        ނުވާނަމަ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި،

މުއްދަތު:                  މި މަޤާމަށް  މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  19 ފެބުރުވަރީ 2019 އާއި  21

                       ފެބުރުވަރީ 2019  އާއި ދެމެދު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ.

                       ވުމާއެކު،  މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން،  އެ ތާރީޚްތަކުގައި އިންޓަވިއުއަށް  ޙާޒިރުވުމަށް

                       ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:          މި ވަޒީފާއަށް އެދި  ހުށަހަޅާ ފަރާތްތަކުގެ  ތެރެއިން  ތަޢްލީމީ  ފެންވަރާއި،  ތަޖްރިބާއަށްބަލައި،                        ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން  އެންމެ  މަތިން މާކްސްލިބޭ  ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.                         

 

އިތުރު މަޢްލޫމާތު:            މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު  ސާފުކުރުމަށް ގުޅާނީ  (6540047) މި ނަމްބަރު ފޯނާއެވެ.

                       ފެކްސް ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ([email protected])   

                       އަށެވެ.

 

                               05 ޖުމާދަލްއާޚިރާ 1440                                    

                               10  ފެބުރުވަރީ  2019                                    

10 ފެބުރުވަރީ 2019
ހޯދާ