މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
"އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް" ގެ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

 

 

"އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް" ގެ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

 

މި އޮތޯރިޓީއަށް "އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް" ގެ ޓްރޭނިންގ ޕްރޮގްރާމެއް ހިންގުމަށް ބޭނުންވެގެން 24 ޖަނަވަރީ 2019 ގައި ކުރި ނަންބަރު   (IUL)220-AS/1/2019/4ފުރަތަމަ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، ދެންނެވުނު އިއުލާން ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

 

ޖުލައި 2011 ގައި ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ (ބީ.ޕީ.ޓީ) ޤާނޫނާއި ގަވާއިދުތަކުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ("މީރާ") އަށް ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް ("IFRS")، އައި.އެފް.އާރް.އެސް ފޯ ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓިޓީސް  )"IFRS for SMEs" (ނުވަތަ މީރާއިން ގަބޫލުކުރާ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑުތަކާއި އެއްގޮތަށް ތައްޔާރުކުރުމުގެ އޮނިގަނޑަކަށް ބިނާކޮށްކަމަށްވީހިނދު،

 

"IFRS" އަދި "IFRS for SMEs" ގެ ޓްރޭނިންގ ޕްރޮގްރާމެއް މާލޭގައި ހިންގައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މީރާއިން ހުޅުވާލަމެވެ.

 

މި ޕްރޮގްރާމުގައިތިރީގައިވާ ކަންތައްތައް ހިމަނަންވާނެއެވެ. އެހެންނަމަވެސް، މީގެ އިތުރަށްވެސް ބައިތައް ހިމެނިދާނެއެވެ.

 

  1. މާލީ ހިސާބުތައް ތައްޔާރުކުރުމާއި ހުށަހެޅުމުގެ އޮނިގަނޑާއި އޭގެ ރޯލް
  2. ތިރީގައިވާ "އިންޓަނޭޝަނަލް ފައިނޭންޝިއަލް ސްޓޭޓްމަންޓްސް" ތައް، އަދި އޭގެ ޢަމަލީ ބޭނުން
  3. IAS 1 – Presentation of Financial Statements *

    IAS 2 – Inventories *

    IAS 7 – Statement of Cash Flows *

    IAS 8 – Accounting Policies, Changes in Accounting Estimates and Errors *

    IAS 10 – Events after the Reporting Period *

    IAS 12 – Income Taxes *

    IAS 16 – Property, Plant and Equipment *

    IAS 19 – Employee Benefits *

    IAS 20 – Accounting for Government Grants and Disclosure of Government Assistance *

    IAS 21 – The Effects of Changes in Foreign Exchange Rates *

    IAS 23 – Borrowing Costs *

    IAS 24 – Related Party Disclosure *

    IAS 27 – Separate Financial Statements *

    IAS 28 – Investments in Associates & Joint Ventures *

    IAS 32 – Financial Instruments: Presentation *

    IAS 36 – Impairment of Assets *

    IAS 37 – Provisions, Contingent Liabilities and Contingent Assets *

    IAS 38 – Intangible Assets *

    IAS 40 – Investment Property *

    IAS 41 – Agriculture *

    IFRS 2 – Share-based Payment *

    IFRS 3 – Business Combinations *

    IFRS 5 – Non-Current Assets Held for Sale and Discontinued Operations *

    IFRS 7 – Financial Instruments: Disclosures *

    IFRS 8 – Operating Segments *

    IFRS 9 – Financial Instruments *

    IFRS 10 – Consolidated Financial Statements *

    IFRS 11 – Joint Arrangements *

    IFRS 13 – Fair Value Measurement *

    IFRS 14 – Regulatory Deferral Accounts *

    IFRS 15 – Revenue from Contracts with Customers *

    IFRS 16 – Leases *

    IFRS 17 – Insurance Contracts *

  1. "IFRS" ޕްރެކްޓިސް ސްޓޭޓްމަންޓް 2: މޭކިންގ މެޓީރިއަލިޓީ ޖަޖްމަންޓްސް
  2. މިހާރު ޢަމަލުކުރެވެމުންދާ "IFRS" އަށް ގެނައުމަށް ހުށަހެޅިފައިވާ ބަދަލުތަކާއި އަލަށް ތަޢާރަފުކުރުމަށް ހުށަހެޅިފައިވާ ސްޓޭންޑަޑްތަކަށް ކުރު ގޮތަކަށް އަލިއަޅުވާލުން

 I. އަމާޒުކުރެވޭ ފަރާތްތައް

މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ 60-50 އާ ދެމެދުގެ މުވައްޒަފުން ތަމްރީނުކުރުމަށެވެ. މި ޓްރޭނިންގގައި ބައިވެރިވާނެ ގިނަ މުވައްޒަފުންނަކީ އޭ.ސީ.ސީއޭ ޓްރޭނީޒުންނެވެ. އަދި ބައެއް މުވައްޒަފުންނަކީ އޭ.ސީ.ސީއޭ އެފިލިއޭޓުންނާއި މެންބަރުންނެވެ.

 II. މުއްދަތު

މި ޕްރޮގްރާމު ތައްޔާރު ކުރަންވާނީ 10 މަސައްކަތު ދުވަހުގެ ތެރޭގައި ނިންމޭނެ ގޮތަކަށް، ފެބުރުވަރީ 2019 ގައި ހިންގުމަށެވެ. ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ފެބުރުވަރީ އިން 06 މާރިޗް އަށް ތިރީގައި މިދަންނަވާ ގަޑިތަކުގައެވެ.

- އާދީއްތަ – ބުރާސްފަތި: 13:30 އިން 17:00 އަށް

- ހޮނިހިރު: 09:30 އިން 17:00 އަށް (ލަންޗް ބްރޭކްގެ ގޮތުގައި 12:00 އިން 13:00 ގެ ބްރޭކެއް ހިމަނައިގެން)

 

III.  ޓްރޭނިންގ ހިންގާ ފަރާތުގެ ޒިންމާ

ޓްރޭނިންގ ހިންގާ ފަރާތުން ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.

1- މަތީގައި ބަޔާންކުރެވިފައިވާ ބައިތައް ހިމެނޭގޮތަށް ކޯހަށް ބޭނުންވާ މެޓީރިއަލްތައް، ހޭންޑްއައުޓްތަކާއި ރީޑިންގ މެޓީރިއަލްތައް އަދި އެކްސަސައިޒް، ކޭސް ސްޓަޑީތައް ހިމެނޭ ގޮތަށް ތައްޔާރުކުރުން.

2- ޕްރޮގްރާމް ފެށުމުގެ 7 ދުވަހުގެ ކުރިން ކޯހުގެ މެޓީރިއަލްތައް މީރާއަށް ފޮނުވުން.

3 - ޓްރޭނިންގ ސެޝަންތައް ހިންގުން (ޓްރޭނިންގ ސެޝަންތައް ތައްޔާރުކުރެވިފައި ހުންނަންވާނީ ކޮންމެ ސްޓޭންޑަޑަކަށް ކަނޑައެޅިފައިވާ ވަގުތުގެ މަދުވެގެން %75 އެ ސްޓޭންޑަޑް ޢަމަލީ ގޮތުން ބޭނުންކުރުމުގެ ކޮމްޕޯނަންޓުގެ މައްޗަށެވެ).

4- ޓްރޭނިންގގައި ބައިވެރިވާ ފަރާތްތަކާ އިންޓަރެކްޓްކޮށް، ޓްރޭނިންގ ސެޝަންތަކުގައި އެފަރާތްތަކުން ޢަމަލީގޮތުން ބައިވެރިވުމަށް ބާރުއަޅައި، އެފަރާތްތަކުން ކުރާ ސުވާލުތަކަށް ޖަވާބުދީ އެހީތެރިވެދިނުން.

 

IV. ޓްރޭނިންގ ހިންގާ ފަރާތުގެ ކޮލިފިކޭޝަންތައް

ޓްރޭނިންގ ހިންގާ ފަރާތަކީ ތިރީގައިވާ ކޮލިފިކޭޝަންތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.

1 - އެކައުންޓިންގ ދާއިރާއިން ޤަބޫލުކުރެވޭ ފެންވަރަށް ޕްރޮފެޝަނަލް ކޮލިފިކޭޝަން ޙާޞިލުކޮށްފައިވުން.

2- "IFRS" އާ ގުޅުންހުރި ކޮންސަލްޓަންސީ މަސައްކަތް ނުވަތަ އެ ސްޓޭންޑަޑްތައް ޢަމަލީގޮތުން ބޭނުންކުރަންޖެހޭފަދަ އިސް މަޤާމެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން (ޓެކުހާއި ގުޅުންހުރި މަގާމެއްގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ).

3 - މިފަދަ ޓްރޭނިންގތައް އެހެން އިދާރާތަކަށް ހިންގައިދީފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

 

V.އިވެލުއޭޓްކުރުމުގައި ބަލާނެ މިންގަނޑު

1 ކޯހުގައި ހިމެނޭ ބައިތަކާއި އެ ބައިތައް ޑިޒައިންކުރެވިފައިވާ ގޮތް - %30

2 ޓްރޭނިންގ ހިންގާ ފަރާތުގެ ކޮލިފިކޭޝަނާއި ތަޖުރިބާ - %40

3 ފީ - %30 (މި ޓްރޭނިންގ ހިންގުމަށް ހުށަހަޅާ ފަރާތްތަކަކީ ބިދޭސީން ކަމަށްވާނަމަ، ދަތުރުފަތުރު އަދި ކެއުމާއި ނިދުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނީ އެ ފަރާތުންނެވެ. އަދި މި ކަމަށް ދާ ޚަރަދު އެ ފަރާތުން ހުށަހަޅާ އަގުގެ ތެރޭގައި ހިމަނަންވާނެއެވެ).

ޓްރޭނިންގ ހިންގުމަށް އެކަކަށް ވުރެ ގިނަ ފަރާތްތަކުގެ ނަން ހުށަހެޅިދާނެއެވެ. އަދި މިފަދަ ޙާލަތްތަކުގައި، އެ ފަރާތްތަކުން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ސެޝަންތައް ކަނޑައަޅަންވާނެއެވެ.

ޓްރޭނިންގ ހިންގާ ފަރާތުން ޕްރިންޓްކުރަން ބޭނުންވާ އެންމެހާ ތަކެތި ޕްރިންޓްކުރުމާއި ޓްރޭނިންގ ހިންގާނެ ކްލާސްރޫމާއި ޕްރޮޖެކްޓަރ އަދި ޕްރޮގްރާމާ ގުޅޭ އެހެނިހެން އިދާރީ ކަންތައްތަކުގެ އިންތިޒާމް ހަމަޖައްސާނީ މީރާއިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހުގެ 08:30 އާއި 16:00 އާ ދެމެދު އަލްފާޟިލް ޔޫސުފް ޝިރާޒް 3019686 (+960)، އީމެއިލް ނަމަ، [email protected]  އަށެވެ.

ޝަޢުޤުވެރިވާ ފަރާތްތަކުން، އެފަރާތްތަކުގެ ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި "ޕްރޮޕޯސަލް ޓު ކޮންޑަކްޓް އަ ޓްރޭނިންގ ޕްރޮގްރާމް އޮން އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް" މިފަދައިން ޖެއްސެވުމަށްފަހު، 13 ފެބުރުވަރީ 2019 ވާ ބުދަ ދުވަހުގެ 15:00 އަށް ތިރީގައިވާ އެޑްރެހަށެވެ. މި ހުށަހެޅުމާއެކު ކޯހުގައި ހިމެނޭ ބައިތަކުގެ ތަފްޞީލާއި، ކޯސް ހިންގާނެ ގޮތް (ލެކްޗަރސް، ޑިސްކަޝަންސް، ކޭސް ސްޓަޑީސް، އެކްސަސައިޒަސް އަދި މިނޫންވެސް އެހެނިހެން ގޮތްތައް) އަދި ޓްރޭނިންގ ހިންގާ ފަރާތްތަކުގެ ވަނަވަރާއި ފީގެ ތަފުސީލު ހިމަނަންވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

އަމީނީމަގު (2ވަނަ ފަންގިފިލާ)

މާލެ 20379

ދިވެހިރާއްޖެ

 

 

10 ފެބުރުވަރީ 2019
ހޯދާ