މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓަންޓް އޮފިސަރ
ބޭނުންވާ އަދަދު :1

މުސާރަ :

-/5380 ރުފިޔާ ( ޕްރޮބޭޝަން މުއްދަތުގައި    -/4304 ރުފިޔާ )

އެހެނިހެން ޢިނާޔަތްތައް:

2،500ރ – 3،500ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

ޖީސީއީ އޭލެވެލް ނިންމާފައިވުން

ނުވަތަ

ޖީސީ އީ އޯ ލެވެލް އިން 2 މާއްދާ ފާސް ވުމާއި އެކު 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ޔުނިޓްގެ އެންމެހައި އިދާރީ، ފައިނޭންސް، ޕްރޮކިއުމަންޓް އަދި ހިއުމަން ރިސޯސަސްގެ މަސައްކަތްތައް ކުންފުނީގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން.

މަޤާމް :ޓެކްނީޝަން
ބޭނުންވާ އަދަދު :1

މުސާރަ:

-/4580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3664 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/2000 ރ - -/4000 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

މަޤާމުގައި ކުރަންޖެހޭ މަސައްކަތާއި ގުޅޭ ދާއިރާއަކުން އެޑްވާންސް ލެވެލް ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފައިވުން ނުވަތަ މިދާއިރާގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ބަސްތަކާއި ލާންޗް އަދި ފެރީތަކުގައި ކުރަންޖެހޭ ބްރޭކް ޑައުން މެއިންޓެނަންސްގެ މަސައްކަތް ކުރުން.

ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތަކާއި، ލާންޗް އަދި ފެރީތަކުގެ ޕީރިއޮޑިކަލް މެއިންޓެނަންސް ކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދަންފަޅި އުސޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

ސަދަން ޓްރާސްޕޯޓް ލިންކް (ސ.ފޭދޫ)

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ސުންގަޑި:

2019 ފެބްރުއަރީ 14 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން

ސިޓީ ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް:  ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

06 ފެބުރުވަރީ 2019
ހޯދާ