މަޤާމް:
|
ޗީފް ފައިނޭންޝިއަލް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް
|
ސެކްޝަން
|
ފައިނޭންސް ޑިޕާޓްމަންޓް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
|
މުސާރަ:
އެލަވަންސް:
މަސައްކަތު މުއްދަތު:
މަސައްކަތްކުރަންޖެހޭ ވަގުތު:
|
މަހަކު -/25000 ރުފިޔާ
މަހަކު -/20000 ރުފިޔާ
2 އަހަރު (މީލާދީ)
ދުވާލަކު މަދުވެގެން 8 ގަޑިއިރު ރަސްމީ ގަޑި (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރި ނަމަވެސް އިތުރުގަޑީގެ ފައިސާ ނުދެވޭނޭއެވެ.)
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ހޮސްޕިޓަލުގެ މާލިއްޔަތާއި ގުޅޭ ކަންކަން ބެލެހެއްޓުމަށްޓަކައި މިހާރު އެކުލަވާލެވިފައިވާ އުސޫލްތަކާއި ގަވާއިދުތައް މުރާޖާކުރުން.
- މާލޭ ހޮސްޕިޓަލްސްގެ އެންމެހައި ފައިނޭންޝަލް މަސައްކަތްތަކުގެ މައުލޫމާތު ހިނގަމުންދާގޮތް ސީ.އީ.އޯ އަށާއި ގަވަނިންގް ބޯރޑަށް ފޯރުކޮށްދިނުން.
- މިނިސްޓްރީ އޮފް ފިނޭންސް އަދި މި ނޫންވެސް އެހެން އިދާރަތަކަށް ފޯރުކޮށްދޭންޖެހޭ އެންމެހާ މައުލޫމާތު ފޯރުކޮށްދިނުން
- އަދި މީގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން އިސްވެރިން ހަވާލުކުރެވޭ މަސައްކަތްކުރުން.
(އަދި މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ މައުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އިއުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
|
މަޤާމުގެ ޝަރުތުތައް:
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
ޕްރޮފެޝަނަލް އެކައުންޓިންގ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
އެކައުންޓިންގް / ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސީ. އެފް.އޯ ގެ ދާއިރާއިން ނުވަތަ ސީނިއަރ ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއިން މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން.
- ފައިނޭންސްގެ ދާއިރާއިން މާސްޓަސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ބޮޑަށް އިސްކަންދެވޭނެއެވެ.
- އިންޓަރނޭޝަނަލް ފައިނޭންށަލް ރިޕޯޓިންގް ސްޓޭންޑާރޑްސްގެ މަސައްކަތް ދަންނަފަރާތެއްކަމުގައިވުން.
- ހިންގުންތެރިކަމުގެ ހުނަރުހުރުމާއި ކަންކަމުގަ ޒިންމާ ނެގޭވަރު ފަރޭތެއްކަމުގައިވުން.
(މަޤާމުގެ ޓީ.އޯ.އާރު ގައި ބަޔާންކޮށްފައިވާ ތަޖުރިބާ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާލިޔުން. ނުވަތަ މިއިއުލާންއެކު މިވާ ރިފެންރެންސް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދި ސިޓީ އާއި ލިޔުންތައް ހުށަހަޅާނީ ފެބްރުއަރީ 17 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދި ހުށަހަޅުއްވާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ،19 ފެބްރުަވަރީ 2019އާއި 24 ފެބްރުވަރީ 2019އާއި ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުުވެގެން ތިބުން އެދެމެވެ. އަދި އިންޓަރވިއު އޮންނަ ދުވަހަށް އިންޓަރވިއުއަށް ހާޟިރުނުވެއްޖެނަމަ ފަހުން އިންޓަރވިއުއެއް ނުދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3335343 ނަންބަރު ފޯނަށް ނުވަތަ 3335234 ނަންބަރު ފޯނަށެވެ.
|
|
1 ޖުމާދުލްއާޚިރާ 1440
6 ފެބްރުއަރީ 2019
|