ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރުމައަށް ކުދިން ބެލެހެއްޓުމަށް ނަންނޯޓް ކުރުމުގެ ފުރުސަތު

މައިންބަފައިން އިހްމާލުވުމުގެ ސަބަބުންނާއި އާއިލާގެ ތެރޭގައި ރައްކާތެރިކަމާއި އެކު ބަލާނެ ފަރާތެއް ނެތުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެދަށަށް ނެގިފައިވާ 18 އަހަރުންދަށުގެ ކުދިން ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ބަލަހައްޓަވަމުންގެންދަވައެވެ. މިދެންނެވި ކުދިން ހެދި ބޮޑުވުމުގައި އާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު މިކުދިންނަށްވެސް ފަހިކޮށްދިނުމުގެ ގޮތުން ދަރުމައަށް މިފަދަ ކުދިން ބަލަހައްޓަވައި ދެއްވާނެ އާއިލާތައް ހޯދުމަށް ބޭނުންވެއެވެ.   

ވީމާ، މިފަދަ ކުދިން ބަލަހައްޓަވައި ދެއްވުމަށް ޝައުޤުވެރިވެލައްވާ އާއިލާތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރ ނަންބަރ 6528831 އަށް ގުޅުއްވައި 14 ފެބުރުއަރީ 2019 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ނަންނޯޓްކުރެއްވުން އެދެމެވެ.  

04 ފެބުރުވަރީ 2019
ހޯދާ