މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

c

 

 

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

    މ.ކޮޅުފުށި  

     ދިވެހިރާއްޖެ                                               ނަންބަރު: (IUL)367-AS/367/2019/9       

 

 

އިޢުލާނު

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

 

މަޤާމް:

އެސިސްޓެންޓް ޑިރެކުޓަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 3

މަޤާމުގެ ކުލެފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޔުނިޓް:

ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

މުލަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ / މ.ކޮޅުފުށި

މުސާރަ:

7035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ސަޕޯޓިން ކޯއެލަވަންސް:

900.00 ރުފިޔާ

 

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ ލަފަޔާއި އިރުސާދާއި މަސްވަރާގެމަތިން ކައުންސިލް އިދާރާގެ، އިދާރީ އިންތިޒާމްކޮށް ހިންގުން.
  2. ކައުންސިލް އިދާރާގެ އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވުން.
  3. ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުން.
  4. ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާބެހޭ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  5. ލިބެންހުރި ވަސީލަތާއި، މުވައްޒަފުން ބޭނުންކޮށްގެން ޚަރަދުކުޑަ ފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށް ދެވޭނެގޮތްތައް ރާވާހިންގުން.
  6. މުވައްޒަފުންނަށް ކުރިއެރުން ހޯދައިދިނުމުގެ ގޮތުން އެމުވައްޒަފަކު މަޤާމަށް އަހުލުވެރިކޮށް ހުނަރުވެރި ކުރުމަށްޓަކައި ބޭނުންވާ ތަމްރީނުތައް ދެވޭނެ މަގުފަހިކުރުމަށް މަސައްކަތްކުރުން.
  7. ސިވިލްސަރވިސްގެ ޤަވާޢިދަށް މުވައްޒަފުން އަހުލުވެރިކުރުމާއި، މުވައްޒަފުންގެ އަހްލާޤީ މިންގަނޑު ސިވިލްސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތައް ބައްޓަން ކުރުމަށް މަސައްކަތްކުރުން.
  8. މުވައްޒަފުންނަށް އެކަށީގެންވާ ގޮތުގައި މަސައްކަތްކުރެވޭނެ މަސީލަތާއި މާހައުލު ހޯދައިދިނުމަށް މަސައްކަތްކުރުން.
  9. މުވައްޒަފުން ޒިންމާދާރުކުރުމަށްޓަކައިމުވައްޒަފުންނާއި މެދު އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުން.
  10. ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމާއި މުސާރައާއި ކުރިއެރުން ހައްޤުވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކުރުން.
  11. ޔުނިޓް ހެޑުންގެ މަސައްކަތްތައް ސްޕަވައިޒުކޮށް ބެލެހެއްޓުން.
  12. މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ދެމެހެއްޓުމަށް މަސައްކަތްކުރުން.
  13. މުވައްޒަފުން ލެއްވުމާއި ވަކިކުރުމުގެ ކަންތައްތައް ވަޒީފާއާއިބެހޭ ޤާނޫނާއި، ސިލްވިސަރވިސްގެ ޤާނޫނާއި، ސިވިލްސަރވިސްގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކުރަމުން ގެންދިޔުން.
  14. ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވުން.
  15. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ ބޭނުންވެއްޖެ ހިދެއްގައި ރަސްމީކަންކަމުގައި އެފަރާތައް އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  16. ޕާމަނަންޓް ސެކްރެޓަރީންނާއި. ޒިންމާދާރު އިސްވެރިން އަދި ޒިންމާދުވެރިން ޢަމަލުކުރަންޖެހޭ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިންމާދާރުވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

 

 

 

 

 

މަޤާމުގެ ޝަރުތުތައް:

  1. ޕަބުލިކު އެޑްމިނިސްޓްރޭޝަން މެނޭޖުމަންޓް، އޮފީސް މެނޭޖުމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖުމަންޓް، ޕްރޮޖެކުޓް މެނޭޖުމަންޓް، އާބަން ސްޓަޑީޒް ގެ ތަޢުލީމީ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާޞިލްކޮށްފައިވުން.

 

  1. ޕަބުލިކު އެޑްމިނިސްޓްރޭޝަން މެނޭޖުމަންޓް، އޮފީސް މެނޭޖުމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖުމަންޓް، ޕްރޮޖެކުޓް މެނޭޖުމަންޓް، އާބަން ސްޓަޑީޒް ގެ ތަޢުލީމީ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލް ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. ޕަބުލިކު އެޑްމިނިސްޓްރޭޝަން މެނޭޖުމަންޓް، އޮފީސް މެނޭޖުމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖުމަންޓް، ޕްރޮޖެކުޓް މެނޭޖުމަންޓް، އާބަން ސްޓަޑީޒް ގެ ތަޢުލީމީ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލް ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަ ވަރު.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާމަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

  1. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

  (ހ) . މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) . މަތީ ތަޢުލީމްދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ:

                      I.            ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

                    II.            ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

                 III.            މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ޗެކް ފޯމް.

 

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލެވޭ ބައިތައް

އިންސައްތަ (%)

ކެޓެގަރީގެ ޖުމްލަ އިންސައްތަ

ކެޓެގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

85

30

 

35

މަސްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

އިމްތިހާން

ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްއެދޭ އިމްތިހާނު

12

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

28

15

15

ލިބިފައިވާ ހުނަރު

އިންޓަވިއު / ޕްރެކުޓިކަލްސް

100

45

45

ޖުމްލަ

 

255

100

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދިހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ފެބުރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 20 ފެބުރުއަރީ 2019 އާއި 10 މާރޗް 2019 އާއި ދެމެދު މުލަކަތޮޅު ކޮޅުފުށީ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުންއެދެމެވެ. އިންޓަވިއު ބާއްވާނެ ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީގަޑީގައި މިއިދާރާގެ 6720606 ނަންބަރު ފޯނަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

28 ޖުމާދަލްއޫލާ  1440

3  ފެބުރުއަރީ   2019

03 ފެބުރުވަރީ 2019
ހޯދާ