މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަތޮޅުކައުންސިލްގެ ސެކުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާއިބެހޭ

މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 11:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 14 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އެބޭފުޅަކު މަޢުލޫމާތު ސާފްކުރަންވަން ވަޑައިގެންނެވީ ކޮންތަނެއް ތަމްސީލްކުރައްވަންކަން އެގިވަޑައިގަންނަވާނެ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ނުވަތަ ކޮންނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތްތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ ޕުރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރ. އަތޮޅުކައުންސިލްގެ ސެކުރިޓީ ބެލެހެއްޓުން " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

04 ފެބުރުވަރީ 2019
ހޯދާ