ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަރާމާތު މަސައްކަތް ކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ތިރީގައިވާ މަސައްކަތް ތައް ކުރަން ބޭނުންވެއްޖެ 

 

1-            ކެމްޕަސްގެ ގޭޓްތަކުގެ ޕޭވްމަންޓް އުސްކުރުން

2-            ސިޑިއެއްގައި ތަށިމުށި ޖެހުން (ފުޅާމިން 4 ފޫޓުގެ ދެފައްތިރި )

3-            ގޭޓެއް ނައްޓާލާ އެތަން ރާނާ ސިމެންތިޖެހުން

4-            ދަގަޑު ޖާލިގަޑެއް ނައްޓާލުމަށްފަހު 7އިންޗި އުސްކޮށް، އަލުން ހަރުކޮށް  ޖާލިގަޑުގެ ތިރީގައި ގާފޮޅެއް ރޭނުން (ދިގުމިން 52ފޫޓް)

5-            ދިގު 21 ފޫޓް، ފުޅާ 7 ފޫޓް 9 އިންޗި ވޯކްވޭއެއް ހެދުން

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މަޢުލޫމާތު ދިނުން އޮންނާނީ 10 ފެބުރުވަރީ 2019 ވާ އާދީއްތަ ދުވަހު 11:00 ގައި ތިނަދޫ ކެމްޕަހުގައެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 12 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ.

04 ފެބުރުވަރީ 2019
ހޯދާ