ވަޒީފާގެ ފުރުޞަތު
|
ނަންބަރު: S2C-A/2019-03
|
ތާރީޚް: 03 ފެބްރުއަރީ 2019
|
މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)
|
ބޭނުންވާ ޢަދަދު:
|
1
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ރޭންކް:
|
ޖީ.އެސް 3
|
ސެކްޝަން:
|
ބަޖެޓް / ޝަރްޢީ އިދާރީ
|
އަސާސީ މުސާރަ:
|
-/ 4465ރުފިޔާ
|
މަސައްކަތްކުރަންޖެހޭ ތަން:
|
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓް
|
އެލަވަންސްތަކާއި ޢިނާޔަތްތައް:
|
- ސަރވިސް އެލަވަންސް: -/1500 ރުފިޔާ
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ
- ލިވިންގ އެލަވަންސް: -/2,550 ރުފިޔާ
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން " ސީ" ލިބިފައިވުން ނުވަތަ،
- މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:
|
- ކޯޓަށް ލިބޭ ފައިސާ ބަލައިގަނެ، ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ފައިސާ ޙަވާލުކުރުމާއި، ފައިސާ އާއިބެހޭ އެންމެހާ ފޮތްތައްލިޔެ ބެލެހެއްޓުން.
- ބޭންކަށް ފޮނުވަންޖެހޭ ފައިސާ ބޭންކަށް ޤަވާޢިދުން ޑިޕޮޒިޓްކުރުމާއި އެކަމާއިގުޅޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކޮށް ބެލެހެއްޓުން.
- ބަޖެޓް ފައިސާ އާއިބެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ރެކޯޑް ބެލެހެއްޓުމާއި، ރިޕޯރޓްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން .
- މިދާއިރާގެ ކޯޓްތަކުގެ ފައިސާގެ ރިޕޯޓްތައް އޮންނަ މުއްދަތުގައި ހޯދައި ޗެކްކުރުމަށްފަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
- މިކޯޓުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމާއި ބެހޭ އެންމެހާ މަސައްކަތްކުރުން.
- މިދާއިރާގެ ކޯޓްތަކުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމަށް ބޭނުންވާ ރިޕޯޓްތައް ކޯޓްތަކުން ހޯދައި ޗެކްކުރުމަށްފަހު އޮންނަ މުއްދަތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
- ކޯޓަށް ބޭނުންވާ ތަކެތި ހޯދުމާއި، ކުރަންޖެހޭ މަރާމާތު މަސައްކަތް ކުރުވުމުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
- ކޯޓުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމާއި ބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ކޯޓަށް ދައްކަންޖެހޭ ފައިސާ މީސްމީހުންގެ އަތުން ހޯދުމާއިބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ކޯޓްތަކުން އަންނަ ފައިސާ އާއި ބެހޭ ސިޓީ މެސެޖުފަދަ ތަކެއްޗާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން.
- ޝަރީޢަތުގެ މަޖްލީހުގައި ނުވަތަ ކޯޓް ތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ޙާޟިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ޙަރަކާތްތެރިވުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ ޝަރުޢީ/އިދާރީ މަސައްކަތްތައް ކުރުން.
- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ/ އިދާރީ ރިޕޯރޓްތައް ތައްޔާރުކުރުން.
- ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރެކޯރޑްތައް ފުރިހަމަކޮށް ބެލެހެއްޓުން.
- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.
- ކޯޓުން ރައްޔިތުންނަށްދޭ ޢާންމު ޚިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
- ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.
- މިކޯޓްގެ ތަފާސްހިސާބް ތައްޔާރު ކުރުމާއި، މިދާއިރާގެ ކޯޓްތަކުން ކޮންމެ މަހަކު ތަފާސްހިސާބް ރިޕޯޓް ހޯދައި ޗެކްކުރުމަށްފަހު އޮންނަ މުއްދަތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
|
މަޤާމް:
|
ކޯޓް އޮފިސަރ (ދާއިމީ)
|
ބޭނުންވާ ޢަދަދު:
|
1
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ރޭންކް:
|
ޖީ.އެސް 3
|
ސެކްޝަން:
|
ޝަރްޢީ
|
އަސާސީ މުސާރަ:
|
-/ 4465ރުފިޔާ
|
މަސައްކަތްކުރަންޖެހޭ ތަން:
|
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓް
|
އެލަވަންސްތަކާއި ޢިނާޔަތްތައް:
|
- ސަރވިސް އެލަވަންސް: -/1500 ރުފިޔާ
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ
- ލިވިންގ އެލަވަންސް: -/2,550 ރުފިޔާ
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން ނުވަތަ
- މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:
|
- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ކޯޓަށް ހާޟިރުކުރެވޭ މީހުންނާއި ކޯޓުން ކުރަންޖެހޭ މުޢާމަލާތްކުރުން.
- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ކޯޓަށް ހާޟިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖްލީހުގެ ޤަވާޢިދުތަކާއި ސުލޫކު ބަހައްޓަންވީ ގޮތް ބުނެދިނުން.
- ޝަރީޢަތުގެ މަޖްލީހުގެ އިދާރީ އިންތިޡާމް ފުރިހަމަ ކުރުން.
- ޝަރީޢަތުގެ މަޖްލީހުގައި ނުވަތަ ކޯޓް ތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ޙާޟިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ޙަރަކާތްތެރިވުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެންކުރަންޖެހޭ ޝަރުޢީ/އިދާރީ މަސައްކަތްތައް ކުރުން.
- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ/ އިދާރީ ރިޕޯރޓްތައް ތައްޔާރުކުރުން.
- ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރެކޯރޑްތައް ފުރިހަމަކޮށް ބެލެހެއްޓުން.
- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.
- މިކޯޓަށާއި އެހެން ކޯޓްތަކަށް ޙާޟިރުވާންޖެހޭ ފަރާތްތަކާއި ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުކުރުން .
- އެކިއެކި ޢިމާރާތްތަކާއި ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ތައްކުރަންޖެހޭ އަމުރު ތައްކުރުން.
- ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއިގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.
|
މަޤާމް:
|
ވޮޗަރ (ދާއިމީ)
|
ބޭނުންވާ ޢަދަދު:
|
1
|
ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް 1
|
ރޭންކް:
|
އެސްއެސް1
|
ސެކްޝަން:
|
އިދާރީ
|
އަސާސީ މުސާރަ:
|
-/ 3,100ރުފިޔާ
|
މަސައްކަތްކުރަންޖެހޭ ތަން:
|
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓް
|
އެލަވަންސްތަކާއި ޢިނާޔަތްތައް:
|
- ސަރވިސް އެލަވަންސް: -/1000 ރުފިޔާ
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ
- ލިވިންގ އެލަވަންސް: -/2,550 ރުފިޔާ
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
|
އަސާސީ ޝަރުޠު:
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއިއެކު، އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެގުން
|
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:
|
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ޝަރްޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔަތެއްކަން އަންގާދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
- އަދާކޮށްފައިވާ އަދި ކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކުލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނޭލިޔުމުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި:
|
- 14 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
އެޕްލިކޭޝަން ފޯމް ހުށަހަޅާނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރަކީ: 6893511
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
- ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތެއްކަމުގައިވުން.
- އިގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން. (ވޮޗަރު މަޤާމް ފިޔަވައި)
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފެކޭޖް ފަރިތަކަމާއެކު އެޑްވާސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން. (ވޮޗަރު މަޤާމް ފިޔަވައި)
- ޙިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|