ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ކުޑަކުދިންގެހިޔާ އާއި އަމާންހިޔާގެ މަރާމާތު މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

`

          

ކުޑަކުދިންގެހިޔާ އާއި އަމާންހިޔާ ގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުން

    

                           ކުޑަކުދިންގެހިޔާ އާއި އަމާންހިޔާ ގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

                           ވީމާ، ކުޑަކުދިންގެހިޔާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 12 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 09:00 އަށް ވިލިމާލެ، ކުޑަކުދިންގެހިޔާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހުގައިވާގޮތުގެ މަތިން 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް ކުޑަކުދިންގެހިޔާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.

            މަސައްކަތް ޙަވާލުކުރެވޭނީ، ހަމަޖެހިފައިވާ އުޞޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

                                  28 ޖުމާދުލްޢޫލާ 1440

                                  03 ފެބްރުއަރީ 2019

 

03 ފެބުރުވަރީ 2019
ހޯދާ