މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އޮޕްރޭޓަރ (ކްރޭން/ފޯކްލިފްޓް)
ބޭނުންވާ އަދަދު :15

މުސާރަ:

މަހަކު -/4580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3664 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،500ރ - 3،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެގުން.

- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ V1 ގެ ކްރޭން ނުވަތަ ފޯކްލިފްޓް ދުއްވުމުގެ ލައިސަންސް އޮތުން .

- ގިނަ ވަގުތު މަސައްކަތު އުޅެވޭނެ ބުރަ މަސައްކަތް ކުރުމަށް ސިއްޚަތު ތަންދޭ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ސަރަޙައްދުގައި ގެންގުޅޭ އެއްގަމު އުޅަނދުފަހަރު އޮޕަރޭޓްކުރުން އަދި ވެހިކަލްސް ބަލަހައްޓައި މެއިންޓެއިން ކުރުން.

- ހުސް ކޮންޓެއިނަރ އަދި ކޮންޓެއިނަރ ހޭންޑަލްކުރުން.

- ކޮންޓެއިނަރ އިން އަދި ލޮރީ ފަހަރަށް މުދާ ބަރުކޮށް ދިނުން.

- ބޯޓުން ބާލާ މުދާ ގުދަނަށް ވެއްދުމާއި ނެރެދިނުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

މަސައްކަތްކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2019 ފެބްރުއަރީ 07ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ޕޮލިސް ރިކޯޑް ފޯރމް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 

އީމެއިލް: hr@port.mv

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
31 ޖަނަވަރީ 2019
ހޯދާ