ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
26 ން 27 ފެބްރުއަރީ 2019 އަށް ބާއްވާ ބިޒްނަސް ކޮންވެންޝަންގައި ބައިވެރިވުމާ ބެހޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އިންތިޒާމްކޮށްގެން، 26-27 ފެބްރުއަރީ 2019 ގައި، ބިޒްނަސް ކޮންވެންޝަންއެއް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިކޮންވެންޝަންއަކީ ވިޔަފާރި ކުރުމުގައި ދިމާވާ ދަތިތައް ސަރުކާރާއި ހިއްސާކޮށް، އެކަންކަމަށް ހޯދިދާނެ ހައްލުތައް މަޝްވަރާ ކުރުމުގެ ގޮތުން ބާއްވާ ކޮންވެންޝަންއެކެވެ. މިކޮންވެންޝަން ގައި ބައިވެރިވުމަށް ބޭނުންފުޅުވާ ވިޔަފާރިވެރިން 05 ފެބްރުއަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ސިޓީއަކުން އެކަން އެންގެވުން އެދެމެވެ. ކޮންވެންޝަންގެ ބައިވެރިން މާލެވަޑައިގަތުމުގެ ޚަރަދު ކުރައްވަން ޖެހިވަޑައިގަންނަވާނީ އެބޭފުޅެއްގެ އަމިއްލަ ޚަރަދުގައި ކަމުގައި ދަންނަވަމެވެ.

31 ޖަނަވަރީ 2019
ހޯދާ