އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީ މީހުން ހޯދުން

އިޢުލާން

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީ މީހުން ހޯދުން

ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން 2019 ވަނަ އަހަރުގެ ނިޔަލަށް މިރަށު ދެ މިސްކިތުގައި މަސައްކަތް ކުރާނެ، އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން ބޭނުންވެއެވެ.

މަސައްކަތް ކުރަންޖެހޭ ޙާލަތްތައް:

މިސްކިތުގެ އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން އެކިއެކި ސަބަބުތަކާހުރެ މިސްކިތަށް ޙާޟިރުނުވާ ދުވަސްތަކުގައެވެ.

އުޖޫރު:

  • އިމާމުކަމުގެ ޝަރުތު ހަމަވާނަމަ (ޖީ.އެސް 3 ގެ ރޭންކް) ކޮންމެ ނަމާދު ވަގުތަކަށް -/61 ރުފިޔާ.
  • އިމާމުކަމުގެ ޝަރުތު ހަމަނުވާނަމަ (ޖީ.އެސް 1 ގެ ރޭންކް) ކޮންމެ ނަމާދު ވަގުތަކަށް -/53 ރުފިޔާ.
  • މަސައްކަތު މީހުންނަށް، (އެސް.އެސް 1 ގެ ރޭންކް) މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/45 ރުފިޔާ.

މިއީ ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން ނެގޭބަޔަކަށްވާތީ، އުޖޫރަދެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ބަންދުދުވަހުގެ ފައިސާ އާއި އިތުރު ގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މުއްދަތު ހަމަނުވާ އައި. ޑީ. ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.
  • މަތީގައި ދެންނެވިފައިވާ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ އެންމެ މަތީފާހުގެ ކޮޕީ.

ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ފެބުރުވަރީ 7 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

24 ޖުމާދަލްއޫލާ 1440

30 ޖަނަވަރީ 2019

30 ޖަނަވަރީ 2019
ހޯދާ