ދިވެހިރާއްޖެ
ނަންބަރު: IUL)38-DA/38/2019/1)
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުން
06 އެޕްރީލް 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
އިސްވެ ދެންނެވިފައިވާ އިންތިޚާބާ ގުޅިގެން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް، ހުކުރު ދުވަހު މެންދުރުފަހު 2:00 ން ހަވީރު 5:00 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ.
އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމުގެ ކުރިންނަމަ، ޝަކުވާތައް ބަލައިގަންނާނީ ރަށު އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓަށެވެ. މާލޭގައިނަމަ އިންތިޚާބާބެހޭ މަރުކަޒުގައި ހުންނަ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމަށްފަހު ފޯމު ހުށަހަޅާނީ ރަށު ފޯކަލް ޕޮއިންޓަށް ނުވަތަ އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ އަށެވެ. އަދި ވޯޓުނެގުމަށް ހަމަޖެހިފައިވާ 06 އޭޕްރީލު 2019 ވާ ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.
ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv އިން ޝަކުވާ ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.
23 ޖުމާދަލްއޫލާ 1440