މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ބަސް ޑްރައިވަރ
ބޭނުންވާ އަދަދު :2

ނޯޓް:  

 ."ބަސް ޑްރައިވަރ އަދި ބަސް އެޓެންޑެންޓް" މި މަޤާމަށް މި ކުންފުނިން ކޮށްފައިވާ ނަންބަރ އިޢުލާން

(IUL)113-HRAD/1/2018/ 96 ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މުސާރަ:

 މަހަކު -/4980 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3984 ރުފިޔާ) 

އެހެނިހެން އިނާޔަތްތައް:

 4،000ރ - 5،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

B0 ނުވަތަ B2 ކެޓަގަރީގެ ލައިސެންސް އޮތުން.

- ޝިފްޓް އުޞޫލުން މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން. 

- ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައި ވުން

- ޕެސެންޖަރުންނަށް އިޚުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން

- ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ކުންފުނިން ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ޑިޕާޓްމަންޓުން އަންގާ ޝެޑިއުލާއި އެއްގޮތަށް ޕެސެންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން

މަޤާމް :ބަސް އެޓެންޑެންޓް
ބޭނުންވާ އަދަދު :2

މުސާރަ:

 މަހަކު -/3970 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3176 ރުފިޔާ) 

އެހެނިހެން އިނާޔަތްތައް:

 2000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ނުވަތަ މިފަދަ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިވުން

- ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައި ވުން

- މަސައްކަތުގައި ގިނަވަގުތު އުޅެވޭ މީހަކަށް ވުން

- އަދި އިދާރީ މަސައްކަތްތަށް ކުރަން އެގުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ބަހުގެ ޚިދުމަތަށް ނަގަންޖެހޭ ފައިސާ ނެގުމުގެ މަސައްކަތާއި ބަސްތައް ސާފުކުރުން.

- ބަހަށް އަރުވާ މުދާ/ލަގެޖް އަރުވާ ބޭލުން، އަދި ފަސިންޖަރުން އަރުވާ ބޭލުމުގައި އެހީތެރިވެ ދިނުން.

- ބަސް ދަތުރު ނިންމާފައި ކޮންމެ ދުވަހަކުވެސް ބަސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން. އަދި ބަހުގައި އިތުރު މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ރީޖަނަލް ޓްރާންސްޕޯޓް ޑިޕާޓްމަންޓް (ލ.އިސްދޫ)

ސުންގަޑި:

2019 ފެބްރުއަރީ 04ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 

އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

* ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.

 
 
28 ޖަނަވަރީ 2019
ހޯދާ