ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނ. މަގޫދޫ ބްރާންޗުގެ ކޮންޓްރޯލް ރޫމް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

ނަންބަރު: FNK-I/IUL/2019/016  

 

އިޢުލާން

 

ނ. މަގޫދޫ ބްރާންޗުގެ ކޮންޓްރޯލް ރޫމް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

           މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ނ. މަގޫދޫ އިންޖީނުގޭގައި ޢިމާރާތް ކުރެވިފައިވާ ކޮންޓްރޯލް ރޫމް ބޮޑުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރ: FNK-I/IUL/2018/135  އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައި ނުވާތީ، އެ ޢިއުލާން ބާޠިލްކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ.  

                ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖެނުއަރީ 2019 ވާ ބްރާސްފަތި ދުވަހުގެ 12:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ނ. މަގޫދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 12:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ  ނ. މަގޫދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

            22 ޖުމާދަލް އޫލާ 1440

            28 ޖެނުއަރީ  2019

 

            

                          

28 ޖަނަވަރީ 2019
ހޯދާ