މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މިއޮތޯރިޓީގެ ރަޖިސްޓްރީ ނަމްބަރު B1A6601 ނިސާން ބުރޭންޑްގެ ވޭން، ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ވޭންގެ އިތުރުތަފްޞީލާއި ނީލަމުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

  • ރަޖިސްޓްރީ ނަމްބަރު:      B1A6601             
  • މޮޑެލްނަމްބަރު :       DBA-CNC25
  • ޗެސިސް ނަމްބަރު:       CNC25-262482    
  • އިންޖީނު ނަމްބަރު:       MR20-833060A
  • އިންޖީނު ކެޕޭސިޓީ:       1997.00
  • އުފުލޭ މީހުންގެ އަދަދު:      8
  • ކުލަ:             ކަޅު
  • ރާއްޖެއެތެރެކޮށް ރަޖިސްޓްރީކުރި ތާރީޚް: 24/03/2013  
  • މައިލޭޖު:            63,000 ކިލޯމީޓަރ

 

  • މިނީލަން ކުރިއަށްގެންދާނީ ސިޓީލާ ނީލަމުގެއުސޫލުން  ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ މުއްދަތަށް، ކޮންމެދުވަހަކު ހުށަހަޅާ އެންމެމަތީއަގު އާއްމުކޮށް ފެންނާނެހެން މި އޮތޯރިޓީގެ ގްރައުންޑް ފްލޯރ ކައުންޓަރުގައި ބަހައްޓައި ޖެހިގެންއަންނަ ދުވަހު އަގުމަތިކޮށް ހުށައަޅަން ބޭނުންފުޅުވާ ފަރާތްތަކަށް އަގުހުށަހެޅޭގޮތަށެވެ. އަގު ހުށަހަޅާ ސިޓީގައި، ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު އެނގެން އޮންނަންވާނެއެވެ.
  • ނީލަން ފަށާއަގު: 100,000.00 (އެއްލައްކަ) ރުފިޔާ
  • ނީލަން ކުރިއަށްގެންދާ ތަން: މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
  • ނީލަން ކާމިޔާބު ކުރައްވާ ފަރާތުން، ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަސްތެރޭ ފައިސާ ދެއްކެވުމަށްފަހު ވޭން ގެންދަވަން ވާނެއެވެ.
  • މި ނީލަމާބެހޭ އިތުރުމައުލޫމާތު މިއޮތޯރިޓީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

            

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަގުހުށަހަޅަންވާނީ އުރައެއްގައި

ބަންދު ކޮށްފައިވާ ސީޓީއަކުން

30 ޖަނަވަރީ  2019 އިން

 05 ފެބުރުވަރީ 2019 އަށް

ނީލަމުގެ މުއްދަތު

 5 ދުވަސް

8:30 އިން 14:30 އަށް

ވީމާ، މިނީލަމާބެހޭ މަޢުލޫމާތު އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

28 ޖަނަވަރީ 2019
ހޯދާ