މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނިއުޓްރިޝަން ޕްރޮގްރާމުގެ ދަށުން ތުއްތުކުދިންގެ ކާނާފޮތް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނިއުޓްރިޝަން ޕްރޮގްރާމުގެ ދަށުން ތުއްތުކުދިންގެ ކާނާފޮތް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)23-AP/23/2019/10  ޖަނަވަރީ 14 2019 އިއުލާނާއި ގުޅިގެން ވާދަކުރާނެ ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ފެބުރުވަރީ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

22 ޖުމާދަލްއޫލާ 1440

28 ޖަނަވަރީ 2019
ހޯދާ