މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އެމް.ބީ.އޭ 3x3 ޓޯނަމަންޓް 2019 - (13، 15 އަދި 18 އަހަރުންދަށް އަންހެން/ފިރިހެން)

އެމް.ބީ.އޭ 3x3 ޓޯނަމަންޓް 2019
(13، 15 އަދި 18 އަހަރުންދަށް އަންހެން/ފިރިހެން)

 

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 6 ފެބްރުއަރީ 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ބީ.އޭ 3x3 ޓޯނަމަންޓް 2019 – (13، 15 އަދި 18 އަހަރުންދަށް) ގެ އަންހެން އަދި ފިރިހެން ކެޓަގަރީގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން މުބާރާތުގެ ޓީމްލިސްޓް ފޯމް ފުރިހަމަކޮށް 3 ފެބްރުއަރީ 2019 ވާ އަދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންއަށް ހުށަހެޅުއްވުން އެދެމެވެ.

 

މުބާރާތުގެ މުހިންމު ބައެއް ޤަވާއިދުތައް.

  • 13 އަހަރުންދަށް: 2006 ވަނަ އަހަރާއި އޭގެފަހުން އުފަންވި ކުދިން
  • 15 އަހަރުންދަށް: 2004 ވަނަ އަހަރާއި އޭގެފަހުން އުފަންވި ކުދިން
  • 18 އަހަރުންދަށް: 2001 ވަނަ އަހަރާއި އޭގެފަހުން އުފަންވި ކުދިން
  • މިމުބާރާތުގައި ބައިވެރިވާ ޓީމްތައް ނަންދެއްވާއިރު ސްކޫލްތަކުގެ ނަން ނުހިމެނޭގޮތައް ނަންދެއްވުމަށް ސަމާލުވުން.
  • ޓީމްތަކުގައި ހިމަނާ ކުޅުންތެރިން ވާންވާނީ 3x3 ޕްލެނެޓްގައި (https://play.fiba3x3.com) ރެޖިސްޓަރ ކުރެވިފައިވާ ކުޅުންތެރިންނަށެވެ.

 

ނޯޓް: މިމުބާރާތުގެ ޤަވާއިދާއި އިތުރު މަޢުލާމާތު މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

28 ޖަނަވަރީ 2019
ހޯދާ