މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (1 އަހަރު ދުވަހުގެ މުއްދަތަށް)

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (1 އަހަރު ދުވަހުގެ މުއްދަތަށް)

ނަންބަރ: (IUL)13-HR/13/2019/24   

ތާރީޚް : 28 ޖަނަވަރީ 2019

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް،

ކ. މާލެ

ބޭނުންވާ ޢަދަދު:

 

 

01 (އެކެއް)

މުސާރަ

-/7،000 ރ (ހަތްހާސް ރުފިޔާ)

މަޤާމުގެ ޝަރުތު:

ސާނަވީ އިމްތިހާން ނިންމާފައިވުން

މަސްއޫލިއްޔަތު:

 

- ކޮންމެ ދުވަހަކު ލިބޭ ފައިސާ އާއި ޑޮލަރު ބަލައިގަތުން ( ބިޑް ޑޮކިޔުމަންޓް ފައިސާ، ކުންފުނި ތަކުގެ ފައިސާ، ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާ، އޮޑިޓް ރިޕޯޓާއި ގުޅިގެން ދައްކާ ފައިސާ)

- ކޮންމެ ދުވަހަކު ދުވަހުފޮތް ލިޔެ ބަލަހައްޓާ ފައިލްކުރުން

- ލިބޭ ފައިސާ ޤަވާއިދުން ޖަމާކުރުމަށްޓަކައި ފޯމުތައް ތައްޔާރު ކުރުން

- ސެކްޝަންތަކަށް ފައިސާ ހޯދަން ލިޔަންޖެހޭ މެމޯ / ސިޓީ ލިޔުން

- ސެކްޝަނަށް ދުވަހުން ދުވަހަށް ލިބޭ ހުރިހާ ލިޔެކިޔުންތައް އެންޓްރީ ކުރުން

-ޕެޓީ ކޭޝްގެ ގޮތުގައި ދޫކުރަންޖެހޭ ފައިސާ ފޮތުގައިލިޔެ ދޫކޮށް ޕެޓީކޭޝް ފޮތް ބާކީކޮށް ބެލެހެއްޓުން

- ސެކްޝަނުގެ ދުވަހުގެ ޔައުމިއްޔާ ލިޔުން

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

- ޝައުގުވެރިކަން ހުރި މިންވަރު

- ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ ފަރާތްތައް

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓިފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް

ސުންގަޑި:

05 ފެބްރުއަރީ 2019 ވާ (އަންގާރަ) ދުވަހުގެ 13:30 ގެ ނިޔަލަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349169/3349297/3349335/3349252 ނަންބަރ ފޯނާއެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 2 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު މި މިނިސްޓްރީގައި އޮންނާނެއެވެ.

28 ޖަނަވަރީ 2019
ހޯދާ