އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ސީ.ޓީ ކޮންސަލްޓަންޓް

މަޤާމް :އައި.ސީ.ޓީ ކޮންސަލްޓަންޓް
ބޭނުންވާ އަދަދު :1

އިއުލާން

މި ހޮސްޕިޓަލަށް އައި.ސީ.ޓީ ކޮންސަލްޓަންޓެއްގެ މަގާމުގައި މަސައްކަތްކުރެއްވުމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އައި.ސީ.ޓީ ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ސެކްޝަން

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

މުސާރަ:

އެލަވަންސް:

މަސައްކަތު މުއްދަތު:

މަސައްކަތްކުރަންޖެހޭ ވަގުތު:

މަހަކު -/25000 ރުފިޔާ

މަހަކު -/20000 ރުފިޔާ

2 އަހަރު (މީލާދީ)

ދުވާލަކު މަދުވެގެން 8 ގަޑިއިރު ރަސްމީ ގަޑި (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރި ނަމަވެސް އިތުރުގަޑީގެ ފައިސާ ނުދެވޭނޭއެވެ.)

 

 

 

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތައް:

1. މާލޭ ހޮސްޕިޓަލްސްގެ ގްރޫޕުގެ އެގްޒެކެޓިވް މެނޭޖްމަންޓް ކޮމިޓީގެ މެންބަރުންނާއި އެކު ހޮސްޕިޓަލްގެ ތަސައްވުރާއި ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި ކުރަންޖެހޭ އައި.ސީ.ޓީ އާގުޅުންހުރި ކަންތައްތައް ރާވާ ހިންގުން.

2. ހޮސްޕިޓަލްތަކުގެ އައި.ސީ.ޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ޗީފް އެގްޒެކެޓިވް އޮފިސަރ އާއި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރގެ އިރުޝާދުގެ މަތިން ކުރުމާއި، އެކުލަވާލާ ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުން.

3. ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތަކުގައި އެކުލެވޭ މަޢުލޫމާތުތައް އެއްކުރުމާއި ރައްކާތެރި ކުރުން އަދި މެނޭޖް ކުރުމަށްޓަކައި ޤާއިމްކޮށްފައިވާ ރިސޯސް ޕްލޭނިން ސިސްޓަމް ތަރައްޤީކޮށް ބިނާކުރުމާއި މާލޭ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނޭ ހޮސްޕިޓާތައް ނެޓްވަރކް އިންޓަރފޭސެއް މެދުވެރިކޮށް ގުޅާލުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.

4. ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގައި އެކުލެވޭ މަޢުލޫމާތު (އިންފޮމޭޝަން) އެއްކުރުމާއި ރައްކާތެރިކުރުން އަދި މެނޭޖްކުރުމަށްޓަކައި ގާއިމްކޮށްފައިވާ ރިސޯސް ޕްލޭނިން ސިސްޓަމް ބިނާކުރުމާއި ތަރައްގީކޮށް ހޮސްޕިޓަލުގެ އެކިއެކި ޑިޕާޓްމަންޓުތައް ނެޓްވާރކް އިންޓަރފޭސެއް މެދުވެރިކޮށް ގުޅާލުމުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުމުގެ އިތުރުން ހޮސްޕިޓަލުގައި ގާއިމް ކުރެވިފައިހުރި ސިސްޓަމްތައް މެދުވެރިކޮށް ހޮސްޕިޓަލުން ބަލިމީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ލުއި ފަސޭހަ އަވަސް އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކަށް ހެދުމަށްޓަކައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ރާވާ ހިންގުމާއި ބެލެހެއްޓުން.

5. ހޮސްޕިޓަލުގެ އިންފޮމޭޝަންއާއި ގުޅުންހުރި އުޞޫލުތަކާއި ކޮމްޕިއުޓަރ ސިސްޓަމްތައް ބޭނުންކުރުމަށް ކަނޑައަޅާ ގޮތާއި، ޕްރޮސީޖަރތައް ތައްޔާރުކުރުމާއި، ހޮސްޕިޓަލުގައި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލު ކުރަމުންދާކަން ކަށަވަރުކުރުމުގެ އެންމެހައި ކަންތައްތައް ކުރުން.

6. ހޮސްޕިޓަލަށް ހޯދަންޖެހޭ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ތަކެތި، ސޮފްޓްވެއަރ އަދި އައި.ސީ.ޓީ ޑިވިޜަން ހިންގުމުގެ އުޞޫލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލު ގެނައުމާއި ތަރައްޤީކުރުން.

7. ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފެންވަރު ރަނގަޅު ކޮންޕިއުޓަރ ސިސްޓަމްތައް ފޯރު ކޮށްދިނުމާއި، މުވައްޒަފުންނަށް ޓްރަބަލްޝޫޓް އަދި ސަޕޯޓް ޓްރޭނިންގ ފޯރުކޮށްދިނުމުގެ އިތުރުން، ހޮސްޕިޓަލުގައި ބެހެއްޓިފައިހުރި ކޮމްޕިއުޓަރ ސިސްޓަމްތަކަކީ ޚިދުމަތަށް ބުރޫ ނާރާގޮތަށް މަސައްކަތް ކުރާ ސިސްޓަމްތަކަކަށް ހެދުމަށްޓަކައި، ސިސްޓަމްތަކަށް ބޭނުންވާ މެއިންޓަނަންސް މަރާމާތު ކުރުމާއި، ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ރާވާ ހިންގުން.

8. ހޮސްޕިޓަލަށް ބޭނުންވާ ކޮމްޕިއުޓަރ އަދި އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ތަކެތި ގަތުމާއި އެތަކެތީގެ ބްރޭންޑްތަކާއި ހޮސްޕިޓަލުން ބޭނުންވާކަހަލަ ތަކެތި ގަތުމުގައި ތަކެއްޗާއި ބެހޭ މަޢުލޫމާތު ފައިނޭންސް އަދި ޕްރޮކިއުމަންޓާއި ހިއްސާކުރުމާއި، އެތަކެތި ލިބުމުން އިތުރުން އިންސްޓޯލް ކުރުމުގެ އެންމެހައި ކަންތައްތައް ރާވާ ހިންގުން.

9. ހޮސްޕިޓަލުގައި ބެހެއްޓިފައިހުރި ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޑިޕާޓްމަންޓްމަންޓް ތަކުގައި ޤާއިމް ކުރެވިފައިވާ އެކިއެކި އައި.ޓީއާއި ގުޅުންހުރި ޕްރޮގްރާމަށް ދިމާވާ މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކުރުމާއި، އަޕްޑޭޓްކުރުން، އަދި ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމް ކުރުން.

10. ހޮސްޕިޓަލްގެ އެކިއެކި ދާއިރާތަކުގެ ހިންގުން ތަރައްޤީ ކުރުމަށާއި، އިތުރަށް ފުޅާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، އެ މަޢުލޫމާތުތައް ޑިޕާޓްމަންޓްތަކާއި ހިއްސާކުރުން. މިގޮތުން، މި މަސައްކަތް ކުރެވޭވަރު މަސައްކަތުގެ ފެންވަރު އަދި މަސައްކަތުގައި ހޭދަވާ ވަގުތާއި ކޮންމެ މަސައްކަތަކަށް ހިންގާ ޚަރަދުގެ މަޢުލޫމާތު ޑިޕާޓްމަންޓުތަކަށާއި، ހޮސްޕިޓަލުގެ މެނޭޖްމަންޓަށް ހިއްސާކުރުން.

11. އައި.ސީ.ޓީ ޑިވިޜަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެ މުވައްޒަފުންނަށް ޓްރޭނިންގތައް ހިންގުމާއި، މަސައްކަތަށް ބޭނުންވާ އެހީތެރިކަމާއި ގައިޑަންސް ފޯރުކޮށްދިނުން. އަދި ޑިވިޜަނުގެ މަސައްކަތަށް ބުރޫނާރާނޭހެން މުވައްޒަފުން ހަމަޖެއްސުމާއި، ބެލެހެއްޓުމަށްޓަކައި ހިއުމަން ރިސޯސް ޑިވިޜަނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

12.އައި.ސީ.ޓީ ޑިވިޜަނުގެ މަސައްކަތްތަކަށް ބޭނުންވާ ބަޖެޓް ހެދުމާއި ފައިސާ ބޭނުންކުރުމުގައި ޑިވިޜަނުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެކުލަވާލެވިފައިވާ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން.

13. ހޮސްޕިޓަލުގެ މަޢުލޫމާތު އެއްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމް ކުރުމާއި ކޮމްޕިއުޓަރ ސިސްޓަމްތަކަށް ލިބިދާނެ ގެއްލުންތަކަށް، ހައްލުހޯދުމުގެ ތައްޔާރީތައް ކޮށްދިނުމާއި ބެލެހެއްޓުން.

14. ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރ ނުވަތަ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ އަންގަވާ ދާއިރާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމުގައި ބައިވެރިވުމާއި ހިންގުން.

15. އައި.ސީ.ޓީ ޑިވިޜަނަށް ހޯދޭ ތަކެތީގެ ތެރެއިން ޕްރިވެންޓިވް މެއިންޓަނަންސް ހަދަންޖެހޭ ތަކެތީގެ މެއިންޓަނަންސް، ގަވާއިދުން ހެދޭތޯ ކަށަވަރު ކުރުމާއި އައި.ސީ.ޓީއާއި ގުޅުންހުރި ސިސްޓަމްތައް ނުކުންނާނޭފަދަ ނިޒާމެއް ގާއިމްކުރުން.

 

މަޤާމުގެ ޝަރުތުތައް:

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން 9 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައި ވުމާއެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައި ވުމާއެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • މައިކްރޯސޮފްޓް ސެޓިފިކޭޝަން ، MSCE  އަދި MCTS.NET ލިބިފައިވުން.
  • Oracle, MySQL and MSSQL ޑޭޓާބޭސްގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • Java, C, C++, PHP ފަދަ ޕްރޮގްރާމިންގެ މަސައްކަތްކުރކުމުގެ ތަޖުރިބާ ލިބިފައިވުން.
  • ނެޓްވޯކް އެޑްމިނިސްޓްރޭޝަންގެ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ހިންގުންތެރިކަމުގެ ހުނަރުހުރުން
  • ERP އިމްޕްލިމެންޓޭޝަން އަދި ބޮޑެތި އައިޓީ މަސައްކަތްތައްކޮށްފައިވާ ފަރާތެއްކަމުގައިވުން.
  • ދިވެހި އަދި އިނގިރޭސި ބަސް ރަނގަޅަށް އެނގޭ މީހެއްކަމުގައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.
  • ކަންތައްތައް ހައްލުކުރުމުގައި ބަސްމޮށުންތެރިކަމުގެ ހުނަރުހުރުން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާލިޔުން. ނުވަތަ މިއިއުލާންއެކު މިވާ ރިފެންރެންސް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ސިޓީ އާއި ލިޔުންތައް ހުށަހަޅާނީ 31 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދި ހުށަހަޅުއްވާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 4 ފެބްރުަވަރީ 2019އާއި 6 ފެބްރުވަރީ 2019އާއި ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުުވެގެން ތިބުން އެދެމެވެ. އަދި އިންޓަރވިއު އޮންނަ ދުވަހަށް އިންޓަރވިއުއަށް ހާޟިރުނުވެއްޖެނަމަ ފަހުން އިންޓަރވިއުއެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3335343 ނަންބަރު ފޯނަށް ނުވަތަ 3335234 ނަންބަރު ފޯނަށެވެ.

 

22 ޖުމާދަލްއޫލާ 1440

27 ޖެނުއަރީ 2019

27 ޖަނަވަރީ 2019
ހޯދާ