މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ޤާނޫނު (2017/4) ގެ ދަށުން އެކުލަވާލެވޭ ގަވާއިދުތަކުގެ މަސައްކަތު ބައްދަލުވުމާއިގުޅޭ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޢިމާރަތްކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 2017/4)ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކުގެ ޑުރާފްޓްތަކަށް ޚިޔާލު ހުށަހެޅުމާއި މިކަމާއި ގުޅޭ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. މި މަސައްކަތު ބައްދަލުވުމުން އޮންނާނީ 31-30 ޖެނުއަރީ 2019 ވަނަ ދުވަހުއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން construction@housing.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ މިމިނިސްޓްރީގެ ނަމްބަރ  3004306 / 3004117 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                                    

                     21 ޖުމާދަލްއޫލާ 1440 ހ.

27 ޖަނަވަރީ 2019
ހޯދާ