ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި އޮފީހުގައި ބަހައްޓާފައި ހުރި 3 ލިފްޓް ސާރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ފެބުރުވަރީ 2019ވާ ބުދަ ދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
21 ޖުމާދަލް ޢޫލާ 1440
27 ޖަނަވަރީ 2019