ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ވަންދޫ ރައްޔިތުންގެ ރުއްގަހުގެ ދަފްތަރައް ޝަކުވާ ހުށަހެޅުމާއިގުޅޭ

މި އިޢުލާންވަނީ 19 މާރިޗު 2019 12:39 ގައި ބާތިލް ކުރެވިފައެވެ.


ވަންދޫ ރައްޔިތުންގެ ރުއް/ގަހުގެ ދަފްތަރު އެކުލަވާލުމަށް ވަންދޫގެ އެކިސަރަހައްދުތަކުގައި N-7 މިއަކުރުތައް ހިމެނޭގޮތައް މިކައުންސިލްގެ ފަރާތުންވާނީ ރުއް/ގަހުގައި ނަންބަރު ޖެހިފައެވެ. އަދި ނަންބަރު ޖެހިފައިވާ ގޮތުގެ ލިސްޓް މިއިޢުލާނާއިއެކު އާއްމުކުރެވިފައިވާނޭ ކަމުގައި ދެންނެވީމެވެ. ވީމާ، މިއިޢުލާނާއިއެކު އާއްމުކުރެވިފައިވާ ލިސްޓްގައިވާ ރުއް ނުވަތަ ގަހެއްގެ ވެރިއެއް ކަމުގައި ދައުވާކުރާ ފަރާތެއްވާނަމަ ރުއް ނުވަތަ ގަހުގައި ޖެހިފައިވާ ނަންބަރާއި ވެރިފަރާތް އެނގޭނޭހެން 3 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހުގެ ކުރިން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

24 ޖަނަވަރީ 2019
ހޯދާ