ޣާޒީ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިޔުޓަރ ޓެކްނީޝަން (ދާއިމީ)

 

މަޤާމް:

އެސިސްޓެންޓް ކޮމްޕިޔުޓަރ ޓެކްނީޝަން

މަގާމު ނަންބަރު

 J-117995

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

(ދާއިމީ)

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކުލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އެކަޑަމިކް ސެކްޝަން

ސަރވިސް:

ޓެކްނިކަލް ސަރވިސް

މަޤަމްއޮތް އޮފީސް:

ޣާޒީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޣާޒީ ސްކޫލް، ހުޅުމާލެ

މުސާރަ:

4465.00 ދިވެހި ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ދިވެހި ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް   :2

700.00  ދިވެހި ރުފިޔާ

ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުން ހުރި އެންމެހާ ކަންކަން ކިޔަވައިދިނުމަށާއި އެހެނިހެން ޚިދުމަތްތައްދިނުމަށް ދަތިނުވާނެގޮތެއްގެ މަތިން މޮނިޓަރކޮށް ބެލެހެއްޓުން.
  2. ސްކޫލުގެ ކޮމްޕިއުޓަރ ސިސްޓަމްސްތައް މުވައްޒިފުންނަށް ދަތިނުވާނޭ އުސޫލުގެމަތިން ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކޮށް މުވައްޒިފަށް އެސިސްޓަމް ބޭނުންކުރެވޭ ހާލަތަށްގެނެސް މުވައްޒިފަށް އެއްވެސް މައްސަލައެއްނެތި މަސައްކަތް ކުރެވޭތޯ ޔަގީން ކުރުން.
  3. ސްކޫލުގެ ކްލާސް ރޫމް، ލެބޯރަޓަރީ، އޭވީ ރޫމް އަދި އެހެނިހެންތަންތަނުގައި ހަރުކުރެވިފައިވާ ޕްރޮޖެޓްތައް މަސައްކަތް ކުރާމިންވަރު ބަލާ ޕްރޮޖެޓަރ ސެޓަޕް ހެދުމަށްފަހު ބޭނުންކުރެވޭ ހާލަތެއްގައި ބެހެއްޓުން.
  4. ސްކޫލުގައި ބޭނުން ކުރާ ޕްރިންޓަރތައް ރަގަޅަށް މަސައްކަތް ކުރޭތޯ ބަލާ މުވައްޒިފުންނަށް ނެޓްވޯކް މެދުވެރިކޮށް ޕްރިންޓް ކުރެވެވޭ ގޮތް ހަދާ ކުރެވޭ ތޯ ޖެޗްކޮށް ބެލުން. އަދި ޕްރިންޓަރ ގެ ޓޯނަރ ހުސްވުން ސްޓޮކުން ޓޯނަރ ނެގުމަށްފަހު ޕްރިންޓަރ އަށް ލައްވާ ޕްރިންޓް ކުރެވޭނޭގޮތް ހެދުން.
  5. ޕްރިންޓާރ ، ސްކޭނަރ ، ކޮމްޕިއުޓަރ ސިސްޓަމް ، ލެޕްޓޮޕް ، ޕްރޮޖެކްޓަރ، ސްމާރޓް ބޯޑް އަދި ޑޮކްޓާރ ބޯޑް ތައް ބެލެހެއްޓުމަށްޓަކައި ޗެކްލިސްޓް ހަދާ އެތަކެތި ޗެކްކޮށް ދިމާވާ މައްސަތައް ހައްލުކުރުކޮށް އެތަކެތި ބޭނުން ކުރެވޭ ގޮތް ހެދުން.
  6. ހުރިހާ ސިސްޓަމަކަށް އެއް ވަރޝަންގެ ސޮފްވެއަރ އަޅާ އެއްގޮތްކުރުމާއި ސޮފްޓްވެއަރ އަޕްޑޭޓް ކޮށް ބެލެހެއްޓުމާއި، ބަޖެޓްތަންދިން މިންވަރަކުން އެންޓިވައިރަސް އަޅާ މެއިންޓެއިން ކުރުން.
  7. ހުރިހާ އައިޓީ މެޝިނަރީ އަދި އެކިއުޕްމަންޓް ފޮޅާ ސާފުކުރުން.
  8. ސައުންޑް ރޫމް އަދި ކޮންޓްރޯލް ރޫމްގައި ހުރި އެކިއުމަންޓް ބެލެހެއްޓުން.
  9. ސައުންޑް ރޫމް އަދި ކޮންޓްރޯލް ރޫމްގައި ހުންނަޖެހޭ އިކުއިޕްމަންޓް ހުރިތޯބަލާ ޗެކްކޮށް ޔަޤީންކޮށް މިތަކެތި ރޫމްގައި ނެތްނަމަ އެތަކެތި ހުރިތަންތަނުން ގެނެސް ހުންނަންޖެހޭ ތަންތަނުގައި ސެޓަޕްހެދާ ސްޓޭންޑްބައިގައި ބެހެއްޓުން.
  10. ސްކޫލު މުވައްޒަފުނަށް ސަވަރ ޑޮމެއިން ކްރިއޭޓްކުރުމާއި ސްކޫލް މެއިލް ކްރިއޭޓް ކުރުން.
  11. ސްކޫލަށް އަލަށް ވަޒީފާ އަށް ނުކުންނަށް މުވައްޒިފުންނަށް ސްކޫލް ސަވަރ ޑޮމެއިން ހެދުމާއި ސްކޫލްމެއިލް ހަދާ އެމުވައްޒިފހުންނަށް ލޮގިން އަދި މެއިލް ބޭނުންކުރެވޭކަން ޔަޤީން ކުރުން.
  12. ސްކޫލް ޕްރޮޕަޓީގެ ދަށުގައިވާ އައިޓީ އާއި ގުޅުން ހުރި ސޮފްޓްވެއަރ ތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި ސޮފްޓް ވެއަރ އަޕްގްރޭޑް ކުރުން.
  13. ސްކޫލުގެ ޑިޖިޓަލް ނޯޓިސްބޯޑް، ވެބްސައިޓް އަދި ފޭސްބުކް ފޭންޕޭޖް ވެރިއެއްގެ ލަފާގެ މަތިން ބަލަހައްޓާ އަޕްޑޭޓްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  14. ސްކޫލުން ޑިޖިޓަލް ނޯސްޓިސްބޯޑުގައި ޑިސްޕްލޭ ކުރުމަށް ޑެއިލީ ޝެޑިލު ފޮތުގައި ހުން ތަކެތި ޑިޖިޓަލައިޒްކޮށް ދުވަހުން ދުވަހަށް ނޯޓިސް ބޯޑަށް އަރުވަންވާނެއެވެ.
  15. ޑިޓިޖަލް ނޯޓިސް ބޯޑް އަދި އެއާއި ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމް އެއްވެސް މައްސަލައެއްނެތި މަސައްކަތް ކުރަމުންދޭތޯ ކޮންމެ ދުވަހަކު ޗެކްކުރަންވާނެއެވެ.
  16. ސްކޫލުން ބެލެނިވެރިންނަށް ދެވޭ ނޯޓިސް ޑިޖިޓަލް ޑިޖިޓަލައިޒްކޮށް ނޯޓިސް ބޯޑަށް ދުވަހުން ދުވަހަށް އަރުވާ ވެބްސައިޓް އަދި ފޭސްބުކްއަށް އަޕްލޯޑް ކުރުން.
  17. ސްކޫލުގައި ހިނގާ އެކިއެކި ޖަލްސާތަކާއި ހަރަކާތްތަކު މަޢުލޫމާތު ސްކޫލުގެ ފޭސްބުކް ޕޭޖް އަދި ސްކޫލް ވެބްސައިޓަށް އަޕްލޯޑް ކުރުން.
  18. ސްކޫލު ވެބްސައިޓް ތަރައްޤީ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަން ބަލާ އެކަންކަން ވެރިންނާ ހިއްސާކޮށް ވެރިންގެ ލަފާގެމަތިން ވެބްސައިޓް އަށް ބަދަލުގެނައުން.

19. ސްކޫލުގެ ސިސްޓަމްތަކަށް އެސް އޭޕީ ސިސްޓަމް އެޅުން.

މަޤާމުގެ ޝަރުޠުތައް:

-          ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ހަޔަރ 'ސެކަންޑަރީ ސުކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

45

45

ޖުމްލަ

210

100

100

  • ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތަކަށެވެ.
  • ސައިންސް ސްޓްރީމް މާއްދާ ކިޔަވައި ފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:%45

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯރމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި  ޣާޒީ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފއިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އޮފީހުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019  ފެބްރުވަރީ 04 ވާ (ހޯމަ)  ދުވަހުގެ 13:30 ގެ ކުރިން، ޣާޒީ ސްކޫލް އެޑްމިން އޮފީހަށެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.
  • އީ-މެއިލް އެޑްރެސް: [email protected] (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯރމް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.)
  • ޢިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ.

އިންޓަވިއުކުރުން

  • މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ 05 ފެބްރުވަރީ 2019 ވާ (އަންގާރަ) ދުވަހު ޣާޒީ ސްކޫލްގައިއެވެ.
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް  ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • އިންޓަވިޔު ކުރެވޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްކަށް ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު: 

  • މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.
  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ގުޅާނީ  3350744 ނަންބަރު ފޯނާއިއެވެ. އީ  މެއިލް ކުރާނީ [email protected] އަށެވެ.

18 ޖުމާދުލްޢޫލާ 1440

24 ޖަނަވަރީ 2019
ހޯދާ