ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމެޓީއަށް މެމްބަރުން ހޯދުން؛

ކައުންސިލަށް ލަފާދޭ ކޮމެޓީއަށް މެމްބަރުން ހޯދުން؛

 

ކައުންސިލުން ނިންމާ ކަންކަމުގައި ވީހާވެސް ބޮޑަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަޤުޞަދުގައި މިކައުންސިލަށް (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލް) ލަފާދޭ ކޮމެޓީއަށް މެމްބަރުން ހޯދަން ބޭނުންވެއެވެ. މެމްބަރުން ހޯދަން ބޭނުންވާ ދާއިރާތަކާއި ޢަދަދު ތިރީގައި މިވަނީއެވެ. ތިރީގައިވާ ޢަދަދަށްވުރެ އިތުރަށް މީހުން ކުރިމަތިލައިފިނަމަ، އޭގެ ތެރެއިން މީހަކު ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

01 މެމްބަރ - އަންހެނުންގެ ތެރެއިން

01 މެމްބަރ - ޖަމްޢިއްޔާ ޖަމާޢަތްތަކުން

ރަށު ކައުންސިލަށް ލަފާދޭ ކޮމިޓީއަށް ކުރިމަތިލާ ފަރާތަކީ، އެ ކައުންސިލެއްގެ މެންބަރަކާއި ޢާއިލީގޮތުން ގުޅިފައިވާ މީހަކަށް ވެގެންނުވާނެއެވެ. (ޢާއިލީގޮތުން ގުޅިފައިވާ މީހުން ކަމުގައި ބަލާނީ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިން، އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ބޭބެ/ދައްތަ/ކޮއްކޮ އެވެ.)

ވީމާ، މި ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ކުރިމަތިލާ ފަރާތްތަކުން، އެފަރާތެއްގެ ވަނަވަރާއެކު 2019 ޖަނަވަރީ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

24 ޖަނަވަރީ 2019
ހޯދާ