މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
"ނޭޝަނަލް ލެވެލް ޑިސެމިނޭޝަން" ގެ ނަމުގައި މާލޭގައި ވޯކްޝޮޕެއް ބޭއްވުމަށްޓަކައި ހޯލް ހިފުމާއި ކޭޓަރިންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

"ނޭޝަނަލް ލެވެލް ޑިސެމިނޭޝަން" ގެ ނަމުގައި މާލޭގައި ވޯކްޝޮޕެއް ބޭއްވުމަށްޓަކައި ހޯލް ހިފުމާއި ކޭޓަރިންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ ނަންބަރ :  (IUL)23-AP/23/2018/250 (ޑިސެމްބަރ 10 2018) އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިއުލާން ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ފެބުރުވަރީ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

18 ޖުމާދަލްއޫލާ 1440

24 ޖަނަވަރީ 2019
ހޯދާ