ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރިކުރުމަށް ބިމެއް ދޫކުރުން

ތެލުގެ ވިޔަފާރިކުރުމަށްޓަކައި ތިރީގައި މިދަންނަވާ ބިން ބިޑް އުޞޫލުން ކުއްޔަށް ދޫކުރުމަށް ގަސްދުކުރަމެވެ.

ބިމުގެ #

ބިންއޮތް ތަން

ބިމުގެ ބޮޑުމިން

ކުއްޔަށްދޭ ބޭނުން

22

ނަފާގޯޅީގެ އުތުރުފަޅީގައި، 23 ނަންބަރު ބިމުގެ ހުޅަނގު ފަރާތުގައި

2150 އަކަފޫޓް

ތެޔޮވިއްކުމަށް

 

                     ވީމާ، މިބިން ކުއްޔަށް ނެންގެވުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން  31 ޖަނަވަރީ 2019 (ބުރާސްފަތި) ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ފެބުރުއަރީ 2019 (އާދީއްތަ) ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ.

22 ޖަނަވަރީ 2019
ހޯދާ