ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މަގާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަގާމުގެ ނަންބަރ

J-228230

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަގާމުގެ ގިންތި

ދާއިމީ

މަގާމުގެ ރޭންކް:

އެމް.އެސް 3

މަގާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން / ޔުނިޓް:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

މަގާމް އޮތް އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލްގެ އިދާރާ

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލްގެ އިދާރާ

މުސާރަ:

7,035.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:

 

ނުވަތަ

 ސަޕޯޓިންގކޯ އެލަވަންސް 2:

މަގާމުގެ ކޯ ޑިސިޕްލިންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ އިކޮނޮމިކްސް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި އާބަން ސްޓަޑީޒް ގެ ދާއިރާއަކުން މޯލްޑިވްސް ނެޝަނަލް ފްރޭމްވާރކުގެ ލެވެލް 07 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުވައްޒަފުގެ އަސާސީ މުސާރައިގެ %28 އިންސައްތަ ހަމަޖެހިގެންދާނެއެވެ. 

ނުވަތަ،

ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ

މަޤާމުގެ ޝަރުޠު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، ޕްރޮޖެކްޓު މެނޭޖުމަންޓު އަދި އާބަން ސްޓަޑީޒް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، ޕްރޮޖެކްޓު މެނޭޖުމަންޓު އަދި އާބަން ސްޓަޑީޒް ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.  

 

މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. ކައުންސިލް އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަންގެ އިސްމުވައްޒަފުގެ ހައިސިއްޔަތުން ސެކްޝަން ހިންގައި ބެލެހެއްޓުން.
  2. ސަރުކާރުގެ އެކި މުއައްސަސާތަކުން ކައުންސިލުގެ އިދާރައަށް ހަވާލުކުރާ، އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް  ސާރވިސްގެ ކަންކަމުގައި އެހީތެރިވެދީ އެއްބާރުލުން ދިނުމާއި، ޖަވާބުދާރީވުން.
  3. އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަންގެ މަސައްކަތް މުވައްޒަފުންނާ ޙަވާލުކުރުމާއި މުވައްޒަފުންގެ މަސައްކަތްތަކަށް އެހީތެރިވުމާއި މުވައްޒަފުންގެ މަސައްކަތް މޮނިޓަރ ކުރުމާއި، މަސައްކަތު ފެންވަރުބަލާ ފޯމު ފުރުމާބެހޭ ކަންކަން އިންތިޒާމްކޮށް ރާވައި ހިންގައި ބެލެހެއްޓުން.
  4. އޮޑިދޯނިފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހެއްދުމަށް ސާރވޭކުރުމާއި، ސެޓްފިކެޓް ހެދުމާއި، މަސްވެރިކަމުގެ ލައިސަންސް ހެއްދުމާއި، ރަށުގައި އަލަށް ބަންނަ އުޅަނދުފަހަރަށް މާވަޑިމީހާދޭ ސެޓުފިކެޓު ޗެކްކުރުމާއި، އޮޑިދޯނިފަހަރާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް  ހިންގައި ބެލެހެއްޓުން.
  5. ކަށުކަމާކެމީގެ ކަންތައްތައް ބެލެހެއްޓުމާއި، ގަބުރުސްތާނުތައް ސާފުކުރުމުގެ އެންމެހާ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުން.
  6. ގޯތިގެދޮރުގެ އިމުގެ މައްސަލަތަކާއި، ގޯތިދިނުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  7. ތަރައްޤީގެ ޕްލޭން އެކުލަވާލާ ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  8. އައިޑީ ކާޑު ހެދުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  9. ސެކްޝަނުން ކުރާ މަސައްކަތާއި ގުޅިގެން އެކި ފަރާތްތަކާ އެކު ކައުންސިލުންކުރާ އެގްރިމެންޓްތައް ޑްރާފްޓްކޮށް، ޗެކްކޮށް އެގްރިމަންޓްތައް ރިވިއު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  10. ލޭންޑު ސަރވޭކުރުމާއި، ބިމާބެހޭ ޕްލޭން ރިވިއުކޮށް ބިންބިމާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
  11. ރަށުގެ ތަރައްޤީއާބެހޭ މަސްރޫޢުތައް ކަނޑައެޅުމާއި، އެ މަޝްރޫޢުތައް މޮނިޓަރކޮށް އިވެލުއޭޓްކުރުމާއި، ޕްރޮޖެކްޓްތަކާއިބެހޭ އެންމެހައި ރިޕޯޓްތައް ބަލައި ޗެކްކޮށް ބެލެހެއްޓުން.
  12. ރަށު ތަރައްޤީގެ ޕްލޭންތައް އެކަށައެޅުމަށް އެހީތެރިވެދިނުމާއި ޕްރޮޖެކްޓްތަކާއި، ޕްލޭނުގައި ހިމެނޭ ކަންކަން ހިނގަމުންދާގޮތް މޮނިޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުން.
  13. ކައުންސިލުން ހިންގާ މަޝްރޫޢުތަކުގެ ކުރެހުންތަކާއި، މަޢުލޫމާތު ކަރުދާހާއި އެގްރިމެންޓް ހެދުމުގައި އެހީތެރިވުމާއި ކުރެހުމާއި މަޢުލޫމާތު ކަރުދާސް ޗެކްކޮށް ޕްރޮޖެކްޓްތަކަށް ހުށަހެޅޭ އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
  14. ދައުލަތުގެ އެކިއެކި މުއައްސަސާތަކުންދޭ ޚިދުމަތްތަކުގެ ތެރެއިން ކައުންސިލް މެދުވެރިކޮށް ދިނުމަށް ހަމަޖައްސާފައިވާ ހުއްދަތަކާއި ޚިދުމަތްތައް ދިނުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  15. ރަށް ގިރުން ހުއްޓުވުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ފިޔަވަޅު އެޅުން.
  16. ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ބެލުމާއި، އެކި މައްސަލަތަކުގައި ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ބަޔާން ނެގުމާއި، ޕޮލިހަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހެޅުމުގެ ކަންކަން ބެލެހެއްޓުން.
  17. ޕެސްޓް ކޮންޓްރޯލް ކުރުމުގެ ކަންކަން ބެލެހެއްޓުން.
  18. މަގުހެދުމާ ގުޅޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުމާއި މަގުމަތި ދިއްލައި ބެލެހެއްޓުމުގެ މަސައްކަތްކުރުމާއި އެކި ބޭނުންތަކަށް މަގުކޮނުމުގެ ހުއްދަ ގަވާއިދާ އެއްގޮތަށް ދޫކުރުމުގެ ކަންކަން ބެލެހެއްޓުން.
  19. ފިހާރަތައް އިންސްޕެކްޓް ކުރުމުގެ ކަންކަން ބެލެހެއްޓުން.
  20. ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

    8. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ދަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފަގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދާ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ފެބްރުވަރީ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މަޑަވެލި ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ވަޒީފާއަށް އެންމް ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީން.1

 މަސައްކަތުގެ ތަޖުރިބާ.2

3. އިންޓަވިއު

އިންޓަރވިއު، އޮންނާނެ ތަނާއި މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 07 ފެބްރުވަރީ 2019 އާއި 14 ފެބްރުވަރީ 2019 އާއި ދެމެދު މަޑަވެލި ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އިންޓަވިއު އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840006 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

24 ޖަނަވަރީ 2019
ހޯދާ