މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ލުއިފަސޭހަކޮށް ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 27 ޖެނުއަރީ 2019 އިން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓުގެ ޙިދުމަތަށްއެދި ފޯމު ހުށަހެޅުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ލުއިފަސޭހަކޮށް ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 27 ޖެނުއަރީ 2019 އިން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓުގެ ޙިދުމަތަށްއެދި ފޯމު ހުށަހެޅުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ތިރީގައިވާ ލިޔުންތައް ހުށައަޅަންވާނީ މި މުއައްސަސާގެ އީމެއިލް އެޑްރެސް [email protected]  އަށެވެ. އީމެއިލް ފޮނުވާއިރު އީމެއިލްގެ ސަބްޖެކްޓުގައި ވެރިފަރާތުގެ ފުރިހަމަނަން، އައި.ޑީ ކާޑް ނަންބަރ އަދި ގުޅޭނެ ނަންބަރު އިންނަވާނެއެވެ.

އީމެއިލް މެދުވެރިކޮށް ހުށައަޅާ ފަރާތްތަކަށް ޕާސްޕޯޓު ދޫކުރެވޭނީ، ޕާސްޕޯޓުގެ ޙިދުމަތަށް ފައިސާ ދައްކާތާ 48 ގަޑި ފަހުންނެވެ.

 

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ބޭނުންވާތަކެތި

1 - ދިވެހި ޕާސްޕޯޓަށް އެދޭ ފޯމު

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، މުއްދަތު ހަމަނުވާ ކާޑު (ކޮޕީ)

3- 10 ރުފިޔާގެ ރެވެނިއު ސްޓޭމްޕް

4- އެންމެފަހުން ހަދާފައިވާ ޕާސްޕޯޓުގެ ޑާޓާ ޕޭޖްގެ ކޮޕީ

5- ނެގި ފަހުން 1 މަސް ދުވަސް ނުވާ، ދިވެހި ޕާސްޕޯޓު ފޮޓޯ މިންގަޑާ އެއްގޮތް، ޕާސްޕޯޓު ސައިޒު ފޮޓޯ (www.immigration.gov.mv ގައިވާ ފޮޓޯ މިންގަޑާއި އެއްގޮތަށް)

 

 

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަށް ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލެއް މި މުއައްސަސާގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.

 (IUL)94-C/94/2019/01 

24 ޖަނަވަރީ 2019
ހޯދާ