ދިވެހިރާއްޖެ
އިޢުލާން
ވޭޖްގެ ދަށުން ޕޫލަށް މީހުން ހޯދުން
މިރަށު މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މަސައްކަތު މީހުން އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާ ޗުއްޓީ އަދި ސަލާމް ނަންގަވާ ހާލަތްތަކުގައި ވަގުތީ ގޮތުން އެމަޤާމްތަކުގައި މަސައްކަތްކުރުމަށް ނެގުމަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ފެބުރުވަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00
ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް މިކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއާއެކު އައި.ޑީ.ކާޑްގެ ކޮޕީއާއި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.
ވޭޖް / ޕޫލް މަޤާމްތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް |
|||
# |
މަޤާމް |
ރޭންކް |
މަސައްކަތްކުރާ ގަޑިއަކަށް |
1 |
އިމާމު ސަނަދު އޮންނަ މީހަކަށް (ނަމާދުކުރާ ވަގުތަކަށް) |
GS3 |
61.00 ރުފިޔާ |
2 |
މުދިމު ސަނަދުނެތް މީހަކަށް (ނަމާދުކުރާ ވަގުތަކަށް) |
GS1 |
53.00 ރުފިޔާ |
3 |
މަސައްކަތު |
SS1 |
45.00 ރުފިޔާ |