އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ

މަޤާމުގެ ނަން:                   މަސައްކަތު

މަޤާމު ނަންބަރު:                 J-121034

ބޭނުންވާ ޢަދަދު:                  01 (އެކެއް)

މަޤާމުގެ ގިންތި:                    ދާއިމީ

މަޤާމުގެ ރޭންކް:                    އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:              ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:             އިހަވަންދޫ ސްކޫލް/ ހއ. އިހަވަންދޫ

މުސާރަ:                         -/3100

ސަރވިސް އެލަވަންސް:                -/1000

ސަޕޯޓިންގ ކޯ އެލަވަންސް:             -/1200

އިތުރު ޢިނާޔަތްތައް:                 

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޙަވާލުކުރެވޭ ކުލާސްރޫމްތަކާއި އޮފީސް، ސްޓާފްރޫމް، ލައިބްރަރީ، އަދި އޭވީ ރޫމް، ކޮންމެ ދުވަހަކު ސެޝަން ނިމުމުން ފޮޅާސާފުކޮށް މޮޕްޖަހާ ސާފުކުރުން.
  • ހަފްތާއަކު އެއްފަހަރު ޙަވާލުކުރެވޭ ތަންތަނުގެ ދޮރާއި ދޮރުފަތްތަކާއި ފަންކާތަށް ސާފުކޮށް ބެލެހެއްޓުން.
  • ސްކޫލްގެ ގޯތިތެރޭގައި ހެދިފައިހުރި ހިޔާދޭ ބޮޑެތިގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުން
  • އިމާރާތްތަކުގެ ދިޔަދޮވިތަށް ސާފުކުރުމާއިއެކު ސްކޫލްގައި ބެހެއްޓިފައި ހުންނަ ބޯފެންތާނގިތައް ސާފުކޮށް ބަލަހައްޓައި ވާރޭވެހޭއިރު ދިޔަދޮވިތައް ސާފުކޮށް ތާނގިތަކަށް ސާފުވާރޭފެން ނެގުމުގެ މަސައްކަތް ކުރުން.
  • ސްކޫލުން އަންގާ ގޮތެއްގެ މަތިން، ސްކޫލުގެ ޕުލޭ ގުރައުންޑުގެ ވިނަތައް ލެވެލްކޮށް ކޮށައި ބެލެހެއްޓުން
  • ސްކޫލުގައި ބޭނުންކުރާ ފެންނަގާ ވަޅުތައް ހިއްކައި ސާފުކުރުން
  • ސްކޫލުން އިންތިޒާމްކުރާ ބައްދަލުވުން، ސެމިނަރ، ވޯކްޝޮޕް، ޖަލްސާ އަދި ބައްދަލުވުންތަކަށް ގޮނޑިއާއި ޑެސްކު ޖެހުމާއި އަދި ނިމުމުން އެތަކެތި ނަގައި ތަރުތީބުކުރުން
  • ހިރަފުސް ބޯ ދުވަސްވަރު މަދުވެގެން ދުވާލަކު 1 ފަހަރު ސްކޫލުގެ ގޯތިތެރެއަށް ފެންޖެހުން
  • ސްކޫލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި، މަސައްކަތު އެހެން މުވައްޒަފަކު ނެތުމުގެ ސަބަބުން ބަދަލު އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

  • ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:           1.  ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިހަވަންދޫ ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ.)

2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިޙަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓްފިކެޓްގެ ކޮޕީ.

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުޢައްސަސާއެއްގައި ނުވަތަސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ލިބިފައިވާ މިނަވަރު

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:   

  • ·         މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ފެބުރުވަރީ 04 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން އިހަވަންދޫ ސްކޫލް އަށެވެ.
  • ·         މިވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯރމް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.)
  • ·         އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • ·         އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 ފެބުރުވަރީ 05 ން 2019 ފެބުރުވަރީ 12 އާ ދެމެދު އިހަވަންދޫ ސްކޫލް ގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް  ތައްޔާރުވެގެން ތިބުން އެދެމެވެ

ޝޯޓް ލިސްޓް ކުރުން:            މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

                           މި މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމުލަ އިންސައްތަ، %35 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:           މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500096 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6500528 އެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ

‏18‏ ޖުމާދަލްއޫލާ‏ 1440

24 ޖަނަވަރީ 2019
ހޯދާ